
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 1.3 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އއ. ރަސްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޑުރަގުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ޒަމާންވީ މައްސަލައެއް އެއީ ދުވަހަކުވެސް ހައްލުނުކުރެވި އޮތް މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް އެމައްސަލައަކީ ރައްޔިިތުން ހައްލުކުރަން ބޭނުންވެފައިވާ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
” ޒުވާނުންވެސް އެކަން ބޭނުންވެގެން ބޭނުންތެރި ބިނާކުރަނިވި ބަޔަކަށް ހަދަން ބެލެނިވެރިންވެސް ބޭނުންވަނީ، އެހެންވީމަ އެމަގުން ކުރިއަށް ގެންދިއުމަކީވެސް އަޅުގަނޑުމެން ވިސްނަންވެފައި އޮތް ކަމެއް. އެހެންވީމަ މި ނިމެމުންދާ އަހަރުގެ ތެރޭގައި އަޅުގަނޑުމެން މިދެންވެވި ދާޢިރާއިން (ޑްރަގުގެ މައްސަލަ) ހައްލުކުރުމުގެ މަސައްކަތް މިކުރަނީ، މިއިން ކޮންމެ ރަށެއްގައިވެސް އެއީ މުހިންމު ކަމެއްގެ ގޮތުގައި ވާނެތީ، އަޅުގަނޑުމެންގެ ނަން ރީތި ނަމެއްގެ ގޮތުގައި ބޭރަށް ވިއްކެންވެސް އޮތީ، އަޅުގަނޑުމެންގެ ގައުމަކީ ހަމެޖެހުން އޮތް ރައްކާތެރި އަމާން ގައުމަކަށް ހެދިގެން.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެކަން ރަނގަޅު ކުރެވޭނީ ރައްޔިތުންނަކީ މަސްތުިވާތަކެތީގެ ވަބާއިން ދުރަށް ގޮސްފައިވާ ބިނާކުރަނިވި ގައުމަކަށް ހެދިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރީގައި ވަރަށް ގިނައިން ބޭރު މީހުން އުޅޭ ކަމަށެވެ.
އެގޮތުން 153 ބިދޭސީން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް ޑީޕޯޓްކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ ތެރޭގައި ޑުރަގުގެ މައްސަލަތަކަށް ހިތްވަރު ދޭ ނުވަތަ ކޮމްޕްރޮމައިޒްވެފައި ތިބި މީހުން މިހާރު ނުތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ. ” އަޅުގަނޑުމެން ވަރަށް އިސްކަން އެބަދެން މި މައްސަލަ ހައްލުކުރަން. އަދި ވަރަށް ކޮންފިސްކޭޓް ކުރެވުނު އަދަދު މިއަހަރު 655 ކިލޯގެ ޑްރަގް އަޅުގަނޑުމެން އަތުލައިގަނެ ނައްތާލައިފިން.”
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
