
(ފޮޓޯ ކްރެޑިޓްސް: އެމްޕީޢެލް)
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 27.9 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %6.9 ގެ ކުރިއެރުމެކެވެ. މި ކުރިއެރުން މައިގަނޑު ގޮތެއްގައި އައީ ޓެކުހުގެ އާމްދަނީއާއި ހިލޭ އެހީ އިތުރުވުމުން ކަމަށްވާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ %12.1 ގެ ކުރިއެރުމަކާއެކު އިމްޕޯޓް ޑިއުޓީންނެވެ. އަދި ވިޔަފާރީގެ ޓެކުހާއި، ޖީއެސްޓީ އަދި ރިސޯޓު ކުލި ފަދަ މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.
އަނެއްކޮޅުން، މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދު %17.5 އިތުރުވެ 29.9 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ރިކަރަންޓް ޚަރަދުތަކަށް ކަމަށްވާއިރު، ޚާއްޞަކޮށް މުވައްޒަފުންގެ މުސާރައާއި އުޖޫރައަށް ކުރި ހޭދަ ވަނީ %12.7 އިން އިތުރުވެފައެވެ. މީގެ އިތުރުން، ބިމާއި އިމާރާތްތަކާއި، ފާލަމާއި ބަނދަރު ހެދުން ފަދަ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރި ހޭދަ އިތުރުވުމާ ގުޅިގެން ކެޕިޓަލް ޚަރަދުވެސް ވަނީ %9.0 އިން މައްޗަށް ގޮސްފައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
