
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބޭރު ފައިސާގެ ޤާނޫނާ އެއްގޮތަށް ފައިސާ މާރުނުކޮށް އޮޅުވާނުލެވޭނެ ގޮތަށް، ފަތުރުވެރިން އުޅޭނޫޅޭގޮތް ބެލޭނެ ޚާއްޞަ ނިޒާމެއް އެއް މަސްދުވަހުގެ ތެރޭގައި ޤާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޤާނޫނަށް ގެނައި އިސްލާހާއެކު ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށްފައިވަނީ ދިރާސާތަކަށް ބެލުމަށްފަހު ކަމަށާއި، މި މިންވަރު މާރުނުކުރެވޭނެ އެއްވެސް ރިސޯޓެއް ރާއްޖޭގައި ނުހުންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ފަތުރުވެރިކަމުން އަހަރަކު 5.6 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް ބޭންކުތަކަށް ވަންނަނީ މަދު މިންވަރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޤާނޫނު ތަންފީޒުކުރުމުގައި ސަރުކާރުން ފަސްނުޖެހޭނެ ކަމަށެވެ. އަދި ބޭރު ފައިސާގެ ކަޅު ބާޒާރު ހުއްޓުވައި ރައްޔިތުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ މަގުފަހިކުރުމަށްޓަކައި، ރާއްޖޭގައި ދޭ ޚިދުމަތްތަކަށް ރާއްޖޭގެ ބޭންކުތަކުގެ ޕީއޯއެސް މެދުވެރިކޮށް އަގު ނެގުމަށާއި ބޭރުގެ ޓްރެވަލް ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭނެ ގޮތަށް ޤާނޫނުތަކަށް އިސްލާހު ގެނެސްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
