
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ތަރައްގީގެ މަޝްރޫއުތަކަށް އިސްކަމެއް ނުދެވުނީ، ކުރީގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ތަޅުއަޅުވާފައި އޮތުމުން ކަމަށާއި، ކޮންމެ މަޝްރޫއެއްވެސް ކުރިއަށްގެންދަން ކުޑަ ފައިސާކޮޅެއް ބަޖެޓްކޮށްފައިއޮތުމުން ކަމަށް ރައިސުލްޖުމްހޫރުއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޓްރާންސްމިޝަން މަރުހަލާގައި ހުށަހެޅި އެއްވެސް ކަމެއް ބަޖެޓުގައި ފާސްކޮށްފައިނުވާ ކަމަށެވެ. އަދި ބަޖެޓުގައި އެ ނުހިމަނައި ބަޖެޓް ހަދާފައި އޮތުމުގެ ސަބަބުން ބަޖެޓުގައި އޮތީ “ލޮކް” އެޅުވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
” ތަޅެއް އަޅުވާފައި އޮތް ބަޖެޓެއްވީމަ އަޅުގަނޑުމެންނަށް ވީކަމަކީ ތަރައްގީގެ މަޝްރޫއުތަކަށް އެހާ ބޮޑު އިސްކަމެއް ދެވޭ ގޮތަކަށް ނޫން. ކޮންމެ މަޝްރޫއަކަށް ކުޑަކުޑަ އަދަދެއްގެ ފައިސާކޮޅެއް ހިމަނާފަ މަޝްރޫއުތައް އޮތީ ލިސްޓުކޮށްފަ. މިސާލަކަށް މިރަށުގައި ( ރަސްދޫ)ގައި ބަނދަރު މަޝްރޫއެއް ޓޫރިޒަމާ ހުރިހާ ގޮތަކުންވެސް. އަދި ވަރަށް ޔުނީކް ކޮންސެޕްޓަކަށް މިރަށުގެ ބަނދަރުގެ ބޭރުތޮއްޓާ ބަނދަރު ހަދަން މިއޮތީވެސް. އެކަމަށް ފައިސާވެސް ބޭނުންވޭ، އެގްރީމަންޓެއްގެ ސޮއިކޮށްފަ އޮތަސް ބަޖެޓެއް ނެތް ހިމަނާފައެއް. އޭރުގެ ހަމަ އެގޮތަށް ބަޖެޓު އޮތީ ފާސްކޮށްފަ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި، އެކިއެކި ދާއިރާތަކުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަހަރު ނިމިގެން މިދަނީ އުންމީދުކުރި ވަރަކަށް މަސައްކަތް ނުކުރެވި ގޮތަށް ކަމަށާއި، މިހާޜު ފާސްކޮށްފައި އޮތް ބަޖެޓުން މިއަންނަ އަހަރު އެކަން ބަދަލުކުރަން މަަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
” ހުރިހާ ރަށެއްގެ މަޝްރޫއުތަކެއް ލިސްޓުތަކެއް ނުކުރެވުނަސް އަޅުގަނޑަށް ނަން ކިޔާފަ ނުދެންނެވުނު ނަމަވެސް ހަމަ އެންމެ މަޝްރޫއެއްވެސް ދޫކޮށްނުލާ ކުރާނަން. އަދި އެއީ އަޅުގަނޑު ވައިދުވެފައި ހުރި ކަންކަން، އެކަންކަން އެހެރީ ލިސްޓުކޮށްފައި. އަޅުގަނޑު މިއަންނަ އަހަރާއި ދެން އަންނަ އަހަރަށް ޕްލޭންކޮށްފައި މިއޮތީ، ރާއްޖޭގެ ހުރިހާ ރަށަކަށް، އެންމެ ކުޑަ ރަށެއްވެސް ބާކީ ނުކޮށް ހުރިހާ ރަށަކަށް ވެފައި ހުރި ވައުދުތަކުގަ ހިމެނޭ މަޝްރޫއުތައް އަމަލީ ގޮތުން ފައްތާ ނިންމުމަށް.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ތަރައްގީގެ ގޮތުން އެންމެ މުހިންމު މަަސައްކަތަކީ ކޮންމެ ރަށެއްގެވެސް ބަނދަރުގެ މަަސައްކަތް ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
