
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެއްވެސް އިންތިހާބަކާއި ދިމާކޮށް ސިޔާސީ ވިސްނުމެއްގައި ކްލެމެންސީ ނުވަތަ ގާނޫނުގެ ތެރެއިން ވިޔަސް ރައީސުލްޖުމްހޫރިިއްޔާ ދެއްވާ މައާފު ދީގެން އެއްވެސް މީހަކު މިނިވަން ކޮށްފައެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އއ. ތޮއްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި އެއްވެސް މީހަކު ދޫނުކުރި ނަމަވެސް ސަރުކާރުން މުޅި މި މިއަހަރު ޖުމްލަ 86 މީހުން މިނިވަންކޮށްފައިވާނެ ކަމަށެވެ.
“މީގެ ކުރިން އަޅުގަނޑުމެންނަށް ފެނިގެންގޮސްފައިވަނީ އެކި އެކި އިންތިހާބުތަކާއި ދިމާކޮށް ޖަލުތަކުގެ ތިބޭ ކުށްވެރިން އެއްވެސް ވަރެއްގެ ރިހެބިލިޓޭޝަނެއްގެ ތެރެއަށް ނުގޮސް މަގުމައްޗަށް ދޫކޮށްލާ މަންޒަރު. އޭގެ ސަބަބުން ވަރަށް ގިނަ ނުރައްކާތެރި ކަންތައް އަނިޔާވެރި ކަންކަން މަގުމަތީގައި ހިނގާ ހަމަނުޖެހުން އުފެދިފައިވޭ. އަޅުގަނޑު ހަމަ ރިކޯޑް އަދަދުތަކާއި އެކު ދަންނަވާލަން ގަސްތުކުރަން. އަޅުގަނޑުމެން މިނިމޭ އަހަރު، މިއަހަރު ނިމިގެން މިދަނީ، މިނިމުނު އަހަރުގެ ތެރޭގައި މުޅި އަހަރަށް ބަހާލައިގެން ކްލެމެންސީގެ ތެރެއިންވިޔަސް ގާނޫނުގައ އޮންނަ ފުރުސަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްްޔާ ދެއްވާ ލުއިގެ ތެރެއިން ވިޔަސް ޖުމްލަކޮށް އަދަބު ލުއި ކޮށްދީ ނޫނިއްޔާ ދޫކޮށްލާފައިވަނީ ޖުމްލަ 86 މީހުން” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް މިދިޔަ އަހަރު ތެރޭގައި ކުރީ ސަރުކާރުން 429 މީހުން ދޫކޮށްލިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު އޮތް 2021 ގައި 458 މީހުން ދޫކޮށްލިއިރު، 2022 ގައި 256 މީހުން ދޫކޮށްލި ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ހިދުމަތް ދެނީ ސިޔާސީ ގޮތުން ވިސްނުމުގެ ބަދަލުގައި، ގައުމަށް ރަނގަޅު ކަންކަން ރައްޔިތުންނަށް ވިސްނައިގެން ކޮށްދިނުމަށް ކަމަށާއި އަމިއްލަ ފައިފާއަށް ނުވިސްނާ ކަމަށެވެ.
އެގޮތުން ޖަލުގައި ތިބި މީހުން ރިހިބިލިޓޭޓް ކުރުމަށް ޕްރޮގްރާމްތަކެއް ހިންގައި، އޭގެ ތެރެއިން އަހުލާގު ރަނގަޅު މީހުންނަށް އާމްދަނީ ލިބޭ ގޮތަށް ސަރުކާރު މަޝްރޫއުތަކުގައި ޝާމިލުވުމުގެ ފުރުސަތު ވެސް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. “އިހަށް ދުވަހު ކެބިނެޓުން ފާސްކުރީ ޖަލުގައި ތިބޭ މީހުންނަށް ވެސް ރިހެބިލިޓޭޓްވުމަށް ނޫނީ މުޖުތަމައުއަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ހިންގަން. ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކުގައި އޭގެ ތެރެއިން އަހުލާގު ރަނގަޅު މީހުންނަށް އިސްކަން ދީގެން ބައިވެރި ކުރަން. މިސާލަކަށް މަގު ހެދުމުގެ މަޝްރޫރު ނޫނިއްޔާ ކޮންމެސް އެހެން މަޝްރޫއެއްގައި އޭގެތެރެއިން މީހުން ބައިވެރިކޮށްގެން ދަސްކޮށްދީ އޭގެތެރިންވެސް އިތުރު ލުއިތަށް ދީގެން ގޮސް ދެން ދޫކޮށްލަން” ރައީސް ވިދާޅުވިއެވެ.
ސިޔާސީ ވިސްނުން އިސްކޮށް ބަދަލު ހިފުމުގެ ވިސްނުގައި މަސައްކަތް ނުކުރާނެ ކަމުގެ ޔަގީން ކަން ވެސް ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
