
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އއ. ތޮއްޑޫގައި ތިބެގެން އެ ރަށުގެ ރައްޔިތުންނަށް ޑޮލަރު ނެގެން ޖެހޭ ކަމަށާއި އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތޮއްޑޫގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވީ، އެ ރަށުގެ ރައްޔިތުން ލޯކަލް ޓޫރިޒަމަށް ހާއްސަކަމެއް ދީގެން މަސައްކަތް ކުރާތީ މިހާރު ވެސް 50 އެއްހާ ގެސްޓް ހައުސް އެ ރަށުގައި ހިންގަމުންދާ ކަމެވެ. އަދި އިތުރު ގާތްގަނޑަަކަށް 40 އެއްހާ މަޝްރޫއު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. އެހެންވެ އެއް ރަށެއްގައި ދެ އަހަރުގެ ތެރޭގައި 3000 އެއްހާ ޓޫރިސްޓުން ގެނެވޭހާ ބޮޑު ލޯކަލް ޓޫރިޒަމްގެ އިންޑަސްޓްރީއެއް އުފެދެމުންދާ ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ޑޮލަރުގެ ވިޔަފާރި ވަރަށް ބޮޑަށް އެބަ ހިނގާ. އެހެންވީމަ އަޅުގަނޑު ގަސްތުކުރަނީ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ވިޔަފާރީގެ ހިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ތެރެއިން ތޮއްޑޫގައި ތިބެގެން ޑޮލަރު ނެގޭ ގޮތް ވާންޖެހޭ ކަމަށް. ޑޮލަރުގެ އޭޓީއެމްއެއް ގާއިމްކޮށްދޭނަށް. ޑޮލަރު ލޯކަލް ބޭންކިން. ކޮންމެ ރައްޔިތަކަށް ވެސް ރުފިޔާ އަދި ޑޮލަރު އެ ރަށެއްގެ ރައްޔިތުންނަށް އެ ރަށެއްގެ އާމްދަނީ ލިބޭނެ ގޮތަށް. ތޮއްޑޫއަށް ޑޮލަރުގެ އާމްދަނީ ވަރަށް ލިބޭ ރަށެއް ވީމާ ޑޮލަރުގެ އޭޓީއެމްއެއް ގާއިމްކޮށްދޭނަން.” ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ރުފިޔާ އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ވަނީ ފެށިގައި ކަމަށާއި 2025ގެ ތެރޭގައި މުޅި އަހަރަށް ބަހާލައިގެން ދިވެހި ރައްޔިތުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެޓީއެމް ނެތް ހުރިހާ ރަށެއްގައި އަންނަ އަހަރު ފެށިގެން ނިމެންވާއިރަށް ބީއެމްއެލްގެ އޭޓީއެމް ބަހައްޓާނެ ކަމަށް ވިދާޅުވިއެވެ. އަދި ބައެއް ރަށްތަކުގައި އިސްލާމިކް ބޭންކުގެ އޭޓިއެމްތައް ވެސް ބަހައްޓާނެ ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އޭގެ ބޭނުމަކީ ރައްޔިތުން ދިރިއުޅޭ ގެދޮރާއި ކައިރިން ބޭންކިން ނިޒާމް ލިބިގެން ދިއުން. ހަމަހަމަކަން ގެނެސްދިނުން. ކޮންމެ ރައްޔިތަކަށް ވެސް އެ މީހަކު ހުރި ރަށަކުން ބޭންކަކުން ނުވަތަ އޭޓީއަމްއަކުން ލިބޭ ހިދުމަތްތައް ލިބިގެން ދިއުން. އަދި ބައެއް އާބާދީ ބޮޑުު ތަރައްގީގެ ކަންތައްތައް ގިނަ ރަށްތަކުގައި ބްރާންޗްތައް ވެސް ގާއިމްކުރުން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޭނުންވަނީ އެ މީހަކާ ގާތުން ތަފާތުކުރުމެއް ނެތި ހަމަހަމަކާއެކުގައި ބޭންކިން ނިޒާމްގެ ހިދުމަތް ގާއިމްކުރެވިގެންދިޔުން ކަމަށެވެ. އަދި މާލީ ފުރުސަތުތަކަށް މަގިފަހިވެގެންދިޔުން ކަމަށެވެ. އެކަންކަން ކުރުމާއެކުގައި ސަރަހައްދީ ތަރައްގީގެ މަޝްރޫތައް ވެސް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެެވެ. އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެންމެ ފުރަތަމަ ތޮއްޑޫއަށް ވަޑައިގެން ރައީސް ވިދާޅުވެފައިވަނީ، އެރަށުގެ މަގު ހެދުމުގެ މަޝްރޫއާއި ސިއްހީ މަރުކަޒާއި ސްކޫލުގެ މަޝްރޫއު އަންނަ އަހަރު ފައްޓަވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
