
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަންނަ އަހަރާއި 2026 ވަނަ އަހަރު ވެގެންދާނީ ވައުދުތައް ފުއްދުމަށް ޓަކައި އަމަލީ މަސައްކަތް ހިނގާނެ ދެ އަހަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އއ. ތޮއްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތީ ރައްޔިތުންނަށް ކަންތައްތައް ކޮށްދެވޭ ގޮތަށް މަޝްރޫތައް ކުރިއަށް ގެންދިއުމަށް ފާސްކުރި ބަޖެޓު ކަމަށާއި 2025ގައި އެ ބަޖެޓް ހިނގާނެ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މަޖިލީހުގައި ޕީއެންސީގެ މެޖޯރިޓީ އޮތް ނަމަވެސް 2024 ނިމެންދެން އޮތީ ކުރި ސަރުކާރުން ފާސްކުރި ބަޖެޓް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ބަޖެޓުގައި މަގު ހެދުމަށް ތިން މިލިއަން ރުފިޔާ ނޫނީ ބަނދަރެއް ހެދުމަށް ދެތިން ލައްކަ ރުފިޔާ ޖަހާފައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެއީ މި ސަރުކާރަށް އެއްވެސް ވަރަށް މަޝްރޫއެއް ކުރިއަށް ނުގެންދެވޭ ގޮތަށް ފަރުމާކޮށްފައި އޮތް ބަޖެޓެއް ކަމަށް ވިދާޅުވިއެވެ.
“ސަރުކާރަށް މި އަހަރުގެ ތެރޭގައި މަސައްކަތް ކުރުމަށް ދިމާވި އެންމެ ބޮޑު ހުރަހަކަށްވީ ސިޔާސީ ވިސްނުމެއްގައި މި ސަރުކާރަށް އުނދަގޫކުރުމަށް ޓަކައި އޭރުގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު. އިރާދަކުރެއްވިއްޔާ އެކަން މި ނިމުނީ. ދެން އަންނަ އަހަރުން ފެށިގެން މިދަނީ އަޅުގަނޑުމެން ފާސްކުރި ބަޖެޓް. ރައްޔިތުންގެ ކަންކަން ކޮށްދިނުމަށް ވެފައިވާ ވައުދުތައް ފުއްދުމުގެ ބަޖެޓު އެއީ. 2025 އަދި 2026 ވެގެން ދާނީ ރަށްރަކަށް ގޮސް އިންތިހާބުގައި ވެފައިވާ ވައުދުތައް ފުށްދުމަށް ޓަކައި އަމަލީ ގޮތުން އެ މަސައްކަތްތައް ހިނގާ ދެ އަހަރަށް.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ، 2025 އަދި 2026، މި ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހާލެވިގެން ތަރުތީބެއްގެ ތެރެއިން ވެފައިވާ ހުރިހާ ވައުދެއް ފުއްދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. ބަނދަރު، ސްކޫލް، ހޮސްޕިޓަލް، މަގު، ކުޅިވަރާ ބެހޭ ކަންކަން ތަރުތީބެއްގެ ތެރެއިން އަމަލީ މަސައްކަތްތައް ފަށައި އެކި މަޝްރޫތައް ނިމިގެން ވެސް ދާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫތައް ކުރިއަށް ގެންދާނީ ތާވަލް ކޮށްގެން ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއު، ސްކޫލް ބޮޑުކުރުން، ސިއްހީ މަރުކަޒު ތަރައްގީކޮށް ބޮޑުކުރުން، އަދި ކުނި މެނޭޖްކުރުމުގެ މަޝްރޫއުތަކަކީ ބޭނުންޖެހިފައިވާ ކަންކަން ކަމަށެވެ. ކުނި މެނޭޖްކުރުމަށް ވިސްނާފައިވާ ގޮތަކީ މުޅި ރާއްޖޭގައި އެކުއެކީގައި ގެންދެވޭ ރީޖަންތަަކަށް ބަހައިގެން ގްރީން ޓެކްސްގެ ބޭނުން ހިފައިގެން ކުރިއަށް ގެންދާ މަޝްރޫއެއް ގޮތަށް ކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
