
ކުޅިވަރު ހިންގުމުގެ ނިޒާމުގައި ހުރި ކޮރަޕްޝަންގެ ހިރާސްތައް ދެނެގަތުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ދިރާސާ ރިޕޯޓް އާންމުކޮށް، އެ ދާއިރާ އިސްލާހުކުރުމަށް 18 ކަމެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި އެސޯސިއޭޝަންތަކުގެ އާމްދަނީއާއި ޚަރަދު ހާމަކުރުން ޤާނޫނުން ލާޒިމުކުރުމާއި، މާލީ އޮޑިޓްތައް ހެދުމާއި، އިސްވެރިންގެ މާލީ ބަޔާން ޢާންމުކުރުމުގެ އިތުރުން އިންތިޚާބީ ނިޒާމާއި ޕްރޮކިއުމަންޓްގެ ކަންކަން ހަރުދަނާކުރުން ހިމެނެއެވެ.
މި ރިޕޯޓާ ގުޅޭގޮތުން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ، ބޮޑެތި ކުށްތަކާއި ޚިޔާނާތް ފޮރުވުމަށް ކުޅިވަރުގެ ދާއިރާ ނިވާފަތްގަނޑަކަށް ހަދާފައިވާ ކަމަށާއި މިކަން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން، އެސޯސިއޭޝަންތަކަށް ދޭ ފައިސާ ޚަރަދުކުރާ ގޮތް ބަލައި، އޮޑިޓް ނިޒާމު ހަރުދަނާކޮށް، ދެފުށް ފެންނަ މާލީ އުސޫލުތަކަކަށް އަމަލުކުރުން މިހާރު ލާޒިމުކޮށްފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
