
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ޑރ. މުއިއްޒު އަށް “އިންޒާރެއް” ދިން މައްސަލައެއް ބަލަން ފަށައިފިއެވެ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާއެއްގައި އެ އިންޒާރު ދިނީ އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އަބްދުއްރަޙްމާން އިސްމާއިލެވެ. ފުލުހުން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެ ޖަލްސާގައި އޭނާ ބުނެފައިވަނީ މުހައްމަދު އަމީންގެ ވެރިކަމަށް ވީ ގޮތް ވެސް ދިވެހި ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ކުޅޭ ކަމުގައިވާ ނަމަ، ރައީސް ޑރ. މުއިއްޒަށް ވެސް “ރީތި ކެއްސެއް” ލިބިގެންދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
“ކެރިގެނޭ މި ތިބީ މުހައްމަދު އަމީން ވެސް ކުޅުނީ ދުންފަތާ، މީނަ (ރައީސް މުއިއްޒު) މި ކުޅެނީ ގާނޫނު އަސާސީއާ، މުހައްމަދު އަމީން އަށް ވީ ގޮތް ވެސް ފެނިގެންދާނެ ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އެހެންވީމަ ގާނޫނު އަސާސި ކުޅޭ ކަމަށްވާ ނަމަ، ފެންނާނެ ރީތި ކެއްސެއް ލިބިގެންދާނެ” އަބްދުއްރަހްމާން ބުނެފައިވެއެވެ.
އެމްޑީޕީން އަންނަނީ އަންނަ އަންގާރަ ދުވަހުގެ ރޭ “ގާނޫނުއަސާސީގެ ދިފާއު” ގެ ނަމުގައި މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
