Read Time:2 Minute, 7 Second

 

 

ހުވަދޫ ކަނޑަށް ފެތުނު “ފްރެންޑް 4” ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ. މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކައްޕި މުހައްމަދު ހަމްދޫންގެ އިތުރުން، އެހީތެރިވާން އުޅުނު އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދާއި ފުލުހެއް ކަމަށްވާ އަލީ ނާފިއުއެވެ. މި ހާދިސާ ހިނގި ވަގުތު ދޯނިން ބޭރަށް ނުކުމެވުނު އެހެން ހުރިހާ އެންމެން ސަލާމަތްކުރެވުނު ނަމަވެސް، ދޯނި އަޑިއަށް ގޮސްފައިވަނީ އިންސާނުންނަށާއި އަސްކަރީ ސަބްމެރިންތަކަށް ވެސް ނުފީނޭހާ ފުން، ގާތްގަނޑަކަށް 1,600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށެވެ.

 

 

ގެއްލުނު މީހުން ހޯދުމަށްޓަކައި ވައިގެމަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ. މި އޮޕަރޭޝަންގައި ދިވެހި އަސްކަރިއްޔާގެ ޓީބީ2 ޑްރޯން، ކޯސްޓްގާޑް ޝިޕް އިމާދުއްދީން، މޯލްޑިވިއަންގެ މަތިންދާބޯޓު އަދި އެމެރިކާ ނޭވީގެ ހާއްސަ ޕީ8 މަތިންދާބޯޓު ބޭނުންކޮށްގެން ހުވަދޫ ކަނޑާއި، ކައިރި އަތޮޅުތަކުގެ ފަރުތަކާއި ގޮނޑުދޮށްތައް ހިމެނޭހެން ވަރަށް ފުޅާ ދާއިރާއެއްގައި ބަލައި ފާސްކޮށްފައިވެއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %