Read Time:2 Minute, 23 Second

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)

 

 

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ތަޤުރީރުގައި، ދިވެހި ޤައުމިއްޔަތާއި އިސްލާމްދީނާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ތާރީޚުގައި ޤައުމުގެ މިނިވަންކަމަށް ލޮޅުންއެރި ކޮންމެ ފަހަރަކު ޤައުމު ސަލާމަތްކުރެވުނީ އިސްލާމްދީނުގެ ހިދާޔަތާއި، ކާބަފައިން ދެއްކެވި ހިތްވަރާއި ޤައުމީ ލޯބީގެ ސަބަބުން ކަމުގައި ފާހަގަކުރެއްވިއެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި މުޙައްމަދު ތަކުރުފާނުގެ ޖިހާދުން މިސާލު ނަންގަވަމުން، އެ ދުވަހު ރަސްރަސްކަލުންނާއި ޢިލްމުވެރިން އަދި އާދައިގެ ރައްޔިތުންނާއި ފަޤީރުންވެސް ފަންތީގެ އެއްވެސް ތަފާތެއް ނެތި ޤައުމީ ވާޖިބު އަދާކުރިކަން ބަޔާންކުރެއްވިއެވެ. އަދި ބޮޑުތަކުރުފާނުގެ ޙަޔާތްޕުޅުންނާއި ވެރިކަން ހިންގެވުމުގެ ފަލްސަފާއިން މިއަދުގެ ޖީލުތަކަށް މުހިންމު ފިލާވަޅުތަކެއް ލިބޭކަން ހާމަކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ބައިބައިވުންތަކުން ދުރުހެލިވެ، ދީނާއި ޤައުމީ މިނިވަންކަމުގެ ދިފާޢުގައި އެންމެހައި ދިވެހިން އެއްބައިވަންތަކަމާއެކު އެއް އަޒުމެއްގައި ދެމިތިބުމަށް އިލްތިމާސްކުރައްވަމުންނެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %