
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ވިނަރެސް ޓަވަރުތަކުން ކާރު ޕާކު ކުރާނެ ޖާގަ ދޫކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލި މުއްދަތު އިތުރު ކޮށްފިއެވެ. އެޗްޑީސީން މި ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެ އާއި ހަމައަށެވެ. ނަމަވެސް މިއަދު އެޗްޑީސީން ވަނީ އެ މުއްދަތު މިމަހުގެ 12 އާއި ހަަމއށް އިތުރު ކޮށްފައެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ވިދާޅުވީ، އެ އިމާރާތްތަކުން ޕާކިންގ ޖާގަ ދޫކުރުމަށް ނިންމާފައި ވަނީ ދެ މޮޑަލްއެއްގެ ދަށުން ކަމަށެވެ. މިގޮތުން އިމާރާތުގެ ތެރެއިން، ކާރު ރެޖިސްޓްރީ ކުރުމުގެ ހުއްދައާއެކު ޖުމްލަ 76 ޖާގައަކާއި، އިމާރާތުގެ ބޭރުން ހަމައެކަނި ޕާކް ކުރުމުގެ ބޭނުމަށް 78 ޕާކިންގ ޖާގަ ދޫކުރުމަށް ނިންމާފައިވާ ކަަމަށް އެޗްޑީސީން ވިދާޅުވެފައި ވެއެވެ.
ޕާކިންގ ޖާގަ ދޫކުރަނީ ނިންމާފައިވާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ވިނަރެސް ފްލެޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައި-އެޕްލިކަންޓަށް ވުމާއި، އެ ކުންފުންޏަށް ޑިސެމްބަރު 5ގެ ނިޔަލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި، އެ ފައިސާ ނުދައްކާ ހުރި މީހަކަށް ނުވުން ހިމެނެއެވެ. އެޗްޑީސީން ވިދާޅުވީ، ކޮންމެ މީހަކަށްވެސް ދޫކުރެވޭނީ ޕާކިންގ އެއް ޖާގަ ކަމަށެވެ. އަދި ޕާކިންގ ޖާގައަކީ ފްލެޓް ގަތުމުގެ އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ޖާގައެއް ގޮތުގައި ހަމަޖެހިގެންދާނެ ކަަމަށްވެސް އެޗްޑީސީން ވިދާޅުވެފައިވެއެވެ.
އިމާރާތުގެ ތެރެއިން، ބީލަމުގެ އުސޫލުން ޕާކިންގ ޖާގަތައް ވިއްކަން ނިންމާފައިވާ ގޮތުގެ ތަފްސީލު
- ބީލަން ފެށޭ އަގަކީ 650،000ރ
- ޕާކިންގ ޖާގަ ގަންނަ މީހުންނަށް މި ޖާގައިގައި ކާރު ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކުރެވޭމެ
- ބީލަން ކާމިޔާބު ކުރާ މީހުންނަށް ޕާކިންގ ޖާގައިގެ ޖުމްލަ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް
އިމާރާތުގެ ބޭރުން ހަމައެކަނި ޕާކް ކުރުމުގެ ބޭނުމަށް ޕާކިންގ ޖާގަތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ގޮތުގެ ތަފްސީލު
- ބީލަން ފެށޭ އަގު މަހު ކުލީގެ ގޮތުގައި 2،000ރ
- ޕާކިންގ ޖާގަ ކުއްޔަށް ދޫކުރެވޭނީ ފަސް އަހަރަށް
- ސެކިއުރިޓީ ޑެޕޮސިޓްގެ ގޮތުގައި މަހު ކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަދަދަދަށްވާ ތިން މަހަށް ވާ ފަައިސާ ދެއްކުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭނެ
- ޕާކިންގ ޖާގަ ދޫކުރެވޭނީ ހަމައެކަނި ޕާކް ކުރުމުގެ ބޭނުމުގައި. އަދި މި ޖާގަތަކުގައި ރަޖިސްޓްރީ ކުރުމުގެ ހުއްދަ ނުދެވޭނެ
އެޗްޑީސީން ވިދާޅުވީ، މިކަމަށް ޝައުގުވެރިވާ މީހުން، ބީލަމުގެ އުސޫލުން ކާރު ޕާކިންގ ޖާގަ ގަތުމަށް ނުވަތަ ކުއްޔަށް ހިފުމަށް އެދި ހުށަޅާނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
