
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އާސަންދަ ސްކީމްގެ ދަށުން އެއްވެސް ބޭހެއް ކަވަރު ކުރުން ހުއްޓާ ނުލާ ކަމަށް އެ ކުންފުނިން ރޭ ވިދާޅުވެއްޖެއެވެ. އާސަންދަ އިން ނެރުނު އެންގުމެއްގައި ވިދާޅުވެފައި ވަނީ އާސަންދަ ސްކީމްގެ ދަށުން އެއްވެސް ބޭހެއް ކަވަރު ކުރުން ހުއްޓާ ނުލާ ކަމަށާއި، ކުރިއެކޭ އެއްގޮތަށް މިހާރުވެސް އާސަންދަ ސްކީމްގެ ދަށުން ބޭހަށް ކަވަރޭޖް ލިބޭނެ ކަމަށެވެ.
އަދި ސްކީމުން ކަވަރު ކުރާ ބޭސްތަކާއި އެ ބޭސްތަކަށް ސްކީމުން ކަވަރުކުރާ މިންވަރު، އާސަންދަ ވެބްސައިޓުގެ “ޑައުންލޯޑްސް، ސެކްޝަނުގައިވާ “މާސްޓާރ މެޑިސިން އެންޑް ކޮންސިއުމަބްލްސް ލިސްޓް” އިން ފެންނަން ހުންނާނެ ކަމަަށްވެސް ވިދާޅުވެފައި ވެއެވެ. އާސަންދައިން ވިދާޅުވެފައިވާގޮތުގައި، އެ ސްކީމުން ކަަވރު ނުކުރާ ހިދުމަތަކާއި ގުޅިގެން ދޭ ބޭހެއް ނަަމަ “ނޮކް ކަވާޑް” ބޭސް ސިޓީގައި ލިޔެފައި އޮންނާނެ ކަމަށެވެ.
އަދި ސްކީމުން ކަަވަރުކުރާ ބޭހެއް، ސްކީމްގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ބޭސްފިހާރައަކުން ގަންނަން ޖެހިއްޖެނަމަ، ޝިކާވަތި ޗެޓްލައިން 7951400 އަށް ވައިބަރ ނުވަތަ ވަަޓްސްއެޕް މެސެޖް މެދުވެރިކޮށް ރިޕޯޓް ކުރެވޭނެ ކަަމަށްވެސް ވިދާޅުވެފައި ވެއެވެ. އާސަންދަ ނިޒާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަށް އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހެއްގެ އަގަށް ބަދަލުގެނައުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ ނިންމައިފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
