
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ފެނަކައަށް ދިމާވެފައިވާ ބޮޑު މާލީ ހާލަތުން އަރައިގަތުމަށް ހައްލުތަކެއް އެބަހުރި ކަމަށާއި އެ ހައްލުތަކަކާއިއެކު 2027 ވަނަ އަހަރާއި ހަމައަށް އެ ކުންފުނީގެ ދަރަނި ހަލާސްކުރެވޭނެ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުއާޒު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ކުންފުންޏަށް ނުކަތާވަރަށް މުވައްޒަފުން ނަގައި ބޮޑު އިންޓްރެސްޓެއްގައި ލޯނުތައް ނަގާފައިވާ ކަމަށެވެ. އަދި އެ ސަރުކާރުން ނުދައްކާހުރި ތެޔޮ ބިލުތަކަށް ވެސް ކޮންމެ މަހަކު ބޮޑު ހަރަދެެއް ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. މުއާޒު ވިދާޅުވީ ފެނަކައަށް މަހަކު 213 މިލިޔަނެއްހާ ރުފިޔާ ލިބޭއިރު އިތުރަށް 85 މިލިޔަން ރުފިޔާ ހަރަދުކުރަންޖެހިފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ.
“ފެނަކައަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ގެނެވިދާނެ ހައްލުތަކެއް އެބަހުރި. ނަމަވެސް އެކަން ކުންފުންޏަށް ލިބޭ އާމްދަނީންއެކަނި ނުކުރެވޭނެ. ނަރުދަމާއަކީ ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭ ހިދުމަތަކަށްވީ ނަމަވެސް ބޮޑެތި ހަރަދުތަކެއް ކޮންމެ މަހަކުވެސް ކުރަންޖެހޭއިރު، އެކަމަށް އެކަށީގެންވާ ސަބްސިޑީއެއް ލިބެންޖެހޭ،”. މުއާޒް ވިދާޅުވެފައި ވެއެވެ. މުއާޒް ވިދާޅުވީ ނަރުދަމާ ސަބްސިޑީގެ ގޮތުގައި މިހާރު ލިބޭ 11.3 މިލިޔަން ރުފިޔާގެ ބަދަލުގައި ޖުމްލަ އެއަށް 35 މިލިޔަން ރުފިޔާ ހަރަދުވާ ކަމަށެވެ. އެހެންކަމުން އިތުރަށް ހަރަދުވާ 85 މިލިއަން ރުފިޔާ ފޫބެއްދުމަށް އެ ހަރަދު ކުޑަކުރެވިދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މުއާޒް އިތުރަށް ވިދާޅުވީ 30 މިލިޔަން ރުފިޔާ ލޯނުތަކަށް ހޭދަވާ ކަމަށެވެ. އޭގެ ތެރެއިން ފިނޭންސް މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާތައް ތިން އަހަރަށް މަޑުކޮށްލަދިނުމަށް އެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
” ކުރީ ސަރުކާރުން އެމްއައިބީން ނަގާފައިވާ 400 މިލިޔަން ރުފިޔާގެ ދެ ލޯނު ރިސްޓްރަކްޗާ ކުރުމުގައި މާލީ ވުޒާރާގެ އެހީތެރިކަން ބޭނުންވޭ. ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުން ދައްކަންޖެހޭ ފައިސާ މަހުން މަހަށް ލިބޭގޮތް ހެދުމަކީވެސް މުހިންމު ކަމެއް.” މުއާޒު ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ އެ ހައްލުތަކާއެކު 2027 ވަނަ އަހަރާ ހަމައަށް ފެނަކައިގެ ދަރަނި ދައްކައި ނިންމާލެވޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
