
ދުންފަތުގެ ވަބާއާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ރައްޔިތުންގެ ތާއީދު ލިބެމުންދާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިއަދު ރޯޝަނީ ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވި ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ގިނަ ރައްޔިތުން ތާއީދުކުރަމުންދާ ކަމަށެވެ.
“އަޅުގަނޑު ދެކޭ ގޮތުގައި އަދު ފެންނަ މަންޒަރުތަކުން އަދި އަޅުގަނޑުމެންނަށް ހިންގިފަ ހުރި ބައްދަލުވުންތަކުން ބެލެނިވެރިންނާއި، ދިވެހި ރައްޔިތުން ޖުމްލަ ގޮތެއްގައި މި ކަމަށް ވަރަށް ބޮޑަށް ތަރުހީބު ދެއްވާ. އަދި މިފަދަ ފިޔަވަުތަކެއް އެޅުއްވުމަށް ސަރުކާރަށް އެކި މީޑިއާތައް މެދުވެރިކޮށް، އެކި ޕްލެޓފޯމްތައް މެދުވެރިކޮށް ދިޔައީ ގޮވާލައްވަމުން. އެއީ އެއްސަބަބު މިކަން މިހާ އަވަހަށް ސަރުކާރުން ކުރިއަށް ގެންދަން ސަރުކާރުން ނިންމެވި. އަނެއް ސަބަބަކީ ރައީސުލްޖުމުހޫރިއްޔާ މުހައްމަދުު މުއިއްޒުގެ މެނިފެސްޓޯގައި ހެލްތުގެ ޕްރިވެންޝަންއަށް ވަރަށް މުހިންމު އެޖެންޑާއެއް އެބައޮތް ވަރަށް މުހިންމު ވައުދުތަކެއް އެބަހުރި އެ ވައުދުތައް ފުރިހަމަ ކުރުމަށްޓަކައި އެންމެ މުހިންމު އެއް މަސައްކަތެއް ގޮތުގައި ހެލްތު ނިޒާމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެއް ގޮތުގައި ދުންފަތުގެ މި މައްސަލަވުމާއިއެކު އެކަން ތަންފީޒު ކުރުން. އެހެންވީމާ ދިވެހިރައްޔިތުންގެ ތަރުހީބު މިކަމަށް ވަރަށް ބޮޑަށް އެބަ އޮތް” ނާޒިމު ވިދާޅުވިއެވެ
ނާޒިމް ވިދާޅުވިީ ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެކަންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށްދާތީ، ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މިފަދަ ތަންފީޒީ ގޮންޖެހުންތަކަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ކުރިމަތިވާ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، އެތައް ބަޔަކު ތިބީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންތިޒާރުގައެވެ. މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްއާ ގުޅުންހުރި އާލާތްތައް ރާއްޖެއަށް އެތެރެކުރުން މިހާރު ވަނީ މަނާ ކުރުމަކީ ވެސް އޭގެ ތެރެއިން އެއް ފިޔަވަޅުކަން ފާހަގަކުރެއްވިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް ބޭނުންވާ އެހީތެރިކަމަށް މުޅި ރާއްޖޭގައި ލިބޭނެހެން ސިޒޭޝަންގެ ހިދުމަތް ގާއިމު ކުރުމަށް ކެބިނެޓުން ރައީސް ޑރ. މުއިއްޒު ވަނީ ނިންމައިފައެވެ. އެ ހިދުމަތް ދޭން ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެތައް ކަމެއް ރާވައި ތަރުތީބު ކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
