Read Time:2 Minute, 10 Second

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)

 

 

ޤުރްއާނުގެ ޢިލްމު ފެތުރުމަށް މާލީ އެހީ ހޯދުމަށްޓަކައި ބިނާކުރާ 15 ފަންގިފިލާގެ “ދާރުއްނޫރު” ވަޤުފު އިމާރާތުގެ މަސައްކަތް ނިމުމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އެތަނަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ކުރީގެ ކޮރަލް ބޮލިވާޑް ބިމުގައި ބިނާކުރާ މި އިމާރާތުގެ ތަފްސީލީ ކުރެހުންތައް އަންނަ މަހު ނިމޭނެ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރު ކުރީކޮޅު ޢަމަލީ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

 

 

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވި ގޮތުގައި، ވުޒާރާ އައު އިމާރާތަށް ބަދަލުވުމުން އިސްލާމީ މަރުކަޒު އޭގެ އަސްލު ދައުރަށް ރުޖޫޢަކޮށް، އެތަނުގައި ޒަމާނީ ލައިބްރަރީއަކާއެކު ދީނީ މަޢުލޫމާތު ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން، މިފަދަ ވަޤުފު އިމާރާތްތަކުން ލިބޭ އާމްދަނީގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ދީނީ ކަންކަމަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވާން ނުޖެހޭ މިންވަރަށް ވަޤުފު ފަންޑު ތަނަވަސްވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %