
ދުންފަތާ ދުރުވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުން ހާއްސަ “ކުއިޓް ލައިން”ގެ ނަމުގައި ހޮޓްލައިން ނަމްބަރެއް ތައާރަފްކޮށްފިއެވެ. މިއަދު ރޯޝަނީ ބިލްޑިންގައި ބޭއްވި ނޫސްވރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މި ހިދުމަތް ލިބިގަތުމަށް 1676 އަށް ގުޅުމުން، 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ދުންފަތާ ދުރުވުމަށް ބޭނުންވާ ނިކޮޓިން ޕެޗް އަދި ގަމްގެ އިތުރުން އެހެނިހެން ފަރުވާތައް ވެސް އާސަންދައިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އަދި މި ހިދުމަތް ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި “ޓޮބޭކޯ ސިޒޭޝަން ކްލިނިކް”ތައް ގާއިމުކުރަން ނިންމާފައެވެ. ނާޒިމް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި މި ޚިދުމަތް ހުރިހާ ރަށެއްގައި ފެށޭނެކަމަށެވެ.
އެގޮތުން އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކޮށް އިނާމު ދިނުމަށް ނިންމާފައިވެއެވެ. އިނާމު ލިބޭ ރަށްރަށުގެ އިޖުތިމާއީ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމަވައިފައެވެ. މީގެއިތުރުން، ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް، ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ރަނގަޅު ނަތީޖާއެއް ޙާސިލުކުރެވޭނެ މާސްޓާ ޕްލޭނެއް އެކުލަވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވެއެވެ.
ދުންފަތުގެ ބާވަތްތަކަށް ނަގާ ޑިއުޓީ ބޮޑުކުރުމަށް ގާނޫނު ބަދަލުކޮށްފައިވާއިރު ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައިވެއެވެ. އަދި ދުންފަތުން ނަގާ “އެޑްވެލޮރަމް ރޭޓް” 50 ޕަސެންޓް މަތިކުރުމަށް ނިންމައި، ގާނޫނަށް އިސްލާހު ގެނެސްފައިވެއެވެ. މި ފިޔަވަޅުތަކަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކޮށް، ދުންފަތާ ދުރުވެ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށާއި މި މަސައްކަތްތަކުން ރައްޔިތުންގެ ސިއްހަތަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
