
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައްކަލާ ނުރައްކަލުގެ ޙާލަތުގެ ދެމެދުގައި ޤައުމައިގެން ކުރިއަށް ދިއުމަށްޓަކައި އަންނަން އޮތް ޖީލުތަކަށް ދިވެހީންގެ ތަރިކަތައް ވާސިލުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ހުރަވީ ދުވަސް ފާހަގަކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރސްމީ ޖަލްސާގައި މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ވިދާޅުވީ ޤައުމެއްގެ ޙަޔާތް އޮންނާނީ ނުރައްކަލާއި ރައްކަލާ ދެމެދުގައި ކަމަށެވެ. އެހެންކަމުން އެ ދެޙާލަތުގެ ދެމެދުން ސަލާމަތުން ކުރިއަށް ދިޔުމަށްޓަކައި، ފިކުރީ ގޮތުން އަޅުގަނޑުމެންނަށް އަންނަން ޖެހޭ ތަރައްޤީއާއި، ޒަމާނަށް ލޯ ހުޅުވިފައި ހުންނަން ޖެހޭ ހުރުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެހެންކަމުން ފިކުރީ ގޮތުން ދިވެހީންނަށް އަންނަންޖެހޭ ތަރައްޤީ އައުމާއެކު ޒަމާނަށް އަންނަ ބަދަލުތަކާ އެއްވަރަށް ދިވެހީންގެ ވިސްނުން ވެސް ތަރައްޤީވާންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ޤައުމުގެ ސަލާމަތަށްޓަކައި ދިވެހީން، އެއްވެސް ބޭރުގެ ބަޔަކާ ނުގުޅި މަލާބާރީންގެ އަތްދަށުން ދިވެހި ޤައުމު ސަލާމަތް ކުރުމަށް ކުރި މަސައްކަތަކީ ޤައުމުދެކެ ލޯބިވާ މިންވަރު ދައްކުވައިދޭކަމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. ދިވެހީންގެ މިނިވަންކަން އަނބުރާ ލިބުނީ ދިވެހީން އެއްބައިވަންތަ ވިސްނުމުގައި، ސިއްރުން ރޭވިގެން ދެވުނު ކުއްލި ޙަމަލާއަކުން ކަމަށާއި، އެޙާލަތުގައި ދިވެހީން އިސްކުރި ޤައުމީ މަޞްލަޙަތު، ޤައުމުގެ ސަލާމަތަށް ބެހެއްޓި ފަރުވާތެރިކަމާއި އަމާނާތްތެރިކަމަކީ މިފަދަ ދުވަހެއްގައި ފާހަގަކުރަން ޖެހޭ ކަމެއް ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
