
ހުޅުމާލޭގެ އިރުމަތީ ފަރާތުގައި ހަދަން ފަށައި ހުއްޓިފައިވާ ވޯޓާ ތީމް ޕާކު ސަރަހައްދު އަލުން ތަރައްޤީކުރަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. މި ނިންމުން ހާމަކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގައި ފަޒުލް ވިދާޅުވި ގޮތުގައި، މި ސަރަހައްދުގައި ވޯޓާ ތީމް ޕާކަކާއެކު ކުޑަކުދިން ކުޅޭ ސަރަހައްދެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި ސަރަހައްދު ޕްލޭންކޮށް ޑިޒައިންކުރުމުގެ މަސައްކަތް ސްރީލަންކާގެ ބަޔަކާއެކު ކުރިއަށްދާ ކަމަށާއި، އީއައިއޭ ޕްރޮސެސް ނިމުމުން ހުޅުމާލެއިން ނަގާ ވެލިން އިތުރަށް ހިއްކައި ތަރައްޤީކުރުމަށް ވަނީ ރޭވިފައެވެ. “ވޯޓާ ތީމް ޕާކަކީ ދުވަސްވީ އަދި ޒަމާންވީ މައްސަލައެއް، ހުޅުމާލޭގެ ބޮޑު ސަރަހައްދެއް އޭގެ ޒާތުގަ، ނުކުރެވި އޮތް ކަމެއް. އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން އެތަނުގައި ވޯޓާ ތީމް ޕާކަކާއި އަދި އޭގެ އިތުރުން ކުޑަ ކުދިން ކުޅޭ ވޯކާޓް ފެސިލިޓީ އަދި އެހެނިހެން ވަސީލަތްތައް ގާއިމު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ޕްލޭނެއް އެކުލާލެވިފަ އެއަށް ޑިޒައިން ކުރުމުގެ މަސައްކަތްތަކެއް ލަންކާގެ ބަޔަކާއެކީ އެމްއޯޔޫއެއްގައި ސޮއި ކުރެވިގެން އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން.” ފަޒުލް ވިދާޅުވިއެވެ.
ކުރިން މި ސަރަހައްދު ތަރައްޤީކުރުމަށް ވޯޓާ ފްރޮންޓް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ވަނީ އުވާލާފައެވެ. އެ ކުންފުނިން ކުލީގެ ގޮތުގައި 10 މިލިއަން ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހޭ ކަމަށާއި، އެޗްޑީސީން 500،000 ޑޮލަރުގެ ބަދަލު ހޯދުމަށް ކޯޓު މެދުވެރިކޮށް މަސައްކަތްކުރަމުންދާ ކަމަށް ފަޒުލް ވިދާޅުވިއެވެ. ފަޒުލް ވިދާޅުވި ގޮތުގައި، އަމާޒަކީ ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި މަސައްކަތް ފަށައި، ވީހާވެސް އަވަހަކަށް އެޑްވެންޗަރ ޕާކެއް ތަރައްޤީކުރުމެވެ. މި މަޝްރޫޢުއަކީ ހުޅުމާލޭގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ހުޅުމާލޭގެ އިސްތިރާޖީ ސަރަހައްދެއްގައި ވޯޓާ ތީމް ޕާކެއް ތަރައްޤީކުރުމަށް ފެށި މަޝްރޫޢު މިހާރު ވަނީ ހުއްޓިފައެވެ. މި މަޝްރޫޢަށް ކަނޑައެޅުނު ބިމަކީ ހުޅުމާލެ/ހުޅުލެ ހައިވޭއަށް އަރާ ހިސާބާއި ކުރީގެ ބަސް ޓާމިނަލްއާ އިންވެގެން އޮތް ބޮޑު ބިމެކެވެ. މަޝްރޫޢު ފެށުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2018-2019 ވަނަ އަހަރު ހިސާބުގައެވެ. މިއީ ހުޅުމާލެއިން އެއް ފަރާތަކަށް ދޫކުރެވުނު އެންމެ ބޮޑު ބިމެވެ. ނަމަވެސް، މި ބޮޑު އިންވެސްޓްމަންޓް މިހާރު ވަނީ ހުއްޓިފައެވެ. މަޝްރޫޢު ފެށި ބިން މިހާރު އޮތީ ބޭނުމެއް ނުކޮށް ފަޅުވެފައެވެ. މިއީ ހުޅުމާލޭގެ ތަރައްޤީއަށް ލިބުނު ނުހަނު ބޮޑު ލަސްވުމެއް ކަމަށް ބެލެވެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
