
އެންޓިމައިކްރޮބިއަލް ރެސިސްޓެންސްއާ ބެހޭ ގައުމީ އެކްޝަން ޕްލޭން މިއަދު އިފްތިތާހްކޮށްފިއެވެ. “ނޭޝަނަލް އެކްޝަން ޕްލޭން އޮން އެންޓިމައިކްރޮބިއަލް ރެސިސްޓެންސް” (އެންއޭޕީ އޭއެމްއާރު) ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހ. މީރުމާގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
މި އަހަރުން ފެށިގެން 2029 އަށްއެކުލަވާލި މި ޕްލޭންގައި 2029 ގެ ނިޔަލަށް އެންޓިމައިކްރޮބިއަލް ރެސިސްޓެންސްއާ ދެކޮޅަށް މަސައްކަތް ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެކުލަވާލި ދެވަނަ ޕްލޭނެވެ. ޕުރަތަމަ އެކްޝަން ޕްލޭން އެކުލަވާލާ އަމަލު ކުރަން ފަށާފައި ވަނީ 2017 ވަނަ އަހަރުން ފެށިގެންނެވެ. މި ޕްލޭން އިފްތިހާޙްކޮށްދެއްވުމަށްހު ވާހަކަ ދައްކަވަމުން ސާޖިދާގެ ވާހަކައިގައި ވަނީ ބަލިތަކަށް ފަރުވާދިނުމަށް ބޭނުންކުރާ ބޭހުން ރައްކާތެރިކަން ނުލިބޭކަމުގައިވާނަމަ އޭގެ ސަބަބުން އޮތް ނުރައްކާ އޮތީ ހަމައެކަނި އިންސާނުންނަށް ނޫންކަމަށާއި، އެގޮތުން އެއީ މުޅި ކާބޯތަކެތީގެ ނިޒާމާއި އެކޯސިސްޓަމަށް އޭގެ އަސަރުކުރާ ކަމެއްކަން އެކަމަނާ ފާހަގަ ކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އެންޓިމައިކްރޮބިއަލް ރެސިސްޓެންސް ކޮންޓްރޯލް ކުރަން ހުރި ގޮންޖެހުންތަކަކީ، ވަކި ގައުމެއް ތަފާތުކުރުމެއް ނެތި އެގޮންޖެހުންތައް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ. މިއީ ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސް ލީޑަރުންގެ ބައިވެރިވުން މިކަމަށް ބޭނުންވާކަން ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ފާހަގަކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިއަހަރު މިކަމާއި ގުޅިގެން އދ. އެންމެ ހައިލެވެލް ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ސިއްހަތަށް މިކަމުގައި ހުރި ގޮންޖެހުންތަކާއި ސީރިއަސްކަން ހާމަކޮށްދެއްވާފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.
އެންޓިމައިކްރޮބިއަލް ރެސިސްޓެންސްއާ ބެހޭ ނޭޝަނަލް އެކްޝަން ޕްލޭން (2024–2029) އެކުލަވާލާފައިވަނީ ކުރީގެ ޕްލޭން މުރާޖަޢާކުރުމަށްފަހު އެ ޕްލޭން ތަންފީޒުކުރުމާއި ހުރި ގޮންޖެހުންތައް ހިމެނޭ ގޮތަށެވެ. މި ޕްލޭނަކީ ޑަބްލިޔުއެޗްއޯގެ ގްލޯބަލް އެކްޝަން ޕްލޭނާ ގައި ހިމްނާފައިވާ ކަންކަމަށް ރިޢާޔަށްކުރުމަށް ފަހު އޭގައި ހިމެނޭކަންކަންވެސް ހިމަނައިގެން އެކުލަވާލި ޕްލޭނެކެވެ. އެއީ ކުރިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް ބިނާކޮށް އޭއެމްއާރާ ދެކޮޅަށް މަސައްކަތް ކުރުމަށް މިހާރު ހުރި ހުރަސް ތަކަށް ބަލައި އެކަންކަން ހައްލުކުރެވޭނެގޮތަކަށް އެކުލަވާލެވިފައިވާ ޕްލޭނެކެވެ.
އެންޓިމައިކްރޯބިއަލްސް އަކީ ޖަރާސީމު (ބެކްޓީރިޔާ، ވައިރަސް، ފަންގަސް އަދި ޕެރަސައިޓް) ގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް ފަރުވާއެއްގެ ގޮތުންދެވޭ ބޭސްތަކަށް ކިޔާ ނަމެކެވެ. “އެންޓިމައިކްރޯބިއަލްސް ރެސިސްޓަންސް” އުފެދުމޭ މިކިޔަނީ އެންޓިމައިކްރޯބިއަލް ބޭސްތަކަށް ޖަރާސީމު ހޭނި އެފަދަ ޖަރާސީމުތަކުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާކުރުމުގައި އެބޭސްތައް އަސަރު ނުކުރާގޮތް ވުމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާ ގޮތުގައި “އެންޓިމައިކްރޯބިއަލް ރެސިސްޓަންސް” އުފެދުމީ މުސްތަގްބަލުގައި ދުނިޔެއަށް ކުރިމަތިވާނެ އެންމެ ބޮޑު ސިއްހީ އެއް މައްސަލައެވެ. އަދި ދުނިޔެއަށް ސިއްހީގޮތުންނާއި އިގްތިސާދީގޮތުން ލިބިފައިވާ ގިނަކުރިއެރުންތަކަށް ބޮޑުގޮންޖެހުމަކަށް މިކަން ވެދާނެކަމަށް ދުނިޔޭ ސިއްހަތު ޖަމިއްޔާއިން ވަނީ އިންޒާރު ދީފައެވެ.
ދުނިޔޭގެ ތަފާސްހިސާބު ތަކަށް ބަލާލާއިރު “އެންޓިމައިކްރޯބިއަލް ރެސިސްޓަންސް” ގެ ސަބަބުން 2019 ވަނަ އަހަރު 4.95 މީހުން ވަނީ މަރުވެފައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
