
ފޮޓޯ ކްރެޑިޓްސް: ވަގުތު
ހުރަވީ ދުވަހަކީ ގައުމަށް އަމާނާތްތެރިވުމާއި ގައުމަށް ހިޔާނާތްތެރިވުމުގެ މިސާލު ވެސް ފެންނަ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުއިއްޒު މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސަޓެއްގައެވެ.
މި ޕޯސްޓްގައި ހުރަވީ ދުވަހަކީ ގައުމަށް އަމާނާތްތެރިވުމާއި ގައުމަށް ހިޔާނާތްތެރިވުމުގެ މިސާލު ވެސް ފެންނަ ދުވަހެއް ކަމަށް ވިދާޅުވުމުގެ އިތުރުން، ވިދާޅުވެފައިވަނީ ދުވަހުގެ ބަތަލު ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާއި ރީތި އަހްލާގަކީ މިއަދު ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅެ ކަމަށް ވިދާޅުވެފައެވެ. ރާއްޖެގެ ހުރަވީ ދުވަސް މިއަދު ފާހަަގަކުރަމުންދާއިރު، މި ދުވަހަކީ ހިޖުރީގޮތުން 1166 ގެ ސަފަރު މަހުގެ 13 ވަނަ ދުވަހު މަލަބާރީން ނުވަތަ ހޮޅިންގެ ލަޝްކަރެއް ރާއްޖެ އަރައި ތަހުތުގައި އިންނެވި ރަދުން ހައްޔަރުކޮށް އެމީހުންގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންދިޔަފަހުން އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވުން ފާހަގަކުރާ ދުވަހެވެ.
އެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވީ ދޮންބަންޑާރައިންނެވެ. ހިޖުރައިން 3 ޖުމާދަލްއާޚިރު 1166 މިލާދުން 7 އޭޕްރީލް 1753 ވީ އާދިއްތަ ވިލޭރޭ މެންދަމު މަލާބާރީންގެ ވެރިކަމުގެ މަރުކަޒުކަމަށް ހެދި ވެޔޮދޮށު ގަނޑުވަރަށް ދޮންބަންޑާރައިން އެކުވެރީންނާއެކު ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވާ އެމީހުން ބަލި ކުރެއްވިއެވެ. މި ދުވަހަށް ހުރަވީ ދުވަހުގެ ނަމުން ނަންދެވިފައިވަނީ މަލާބާރީންގެ އަޅުވެތިކަމުން ދިވެހި ގައުމު ސަލާމަތް ކުރެއްވުމުގައި އިސްވެ ޖިހާދު ކުރެއްވި ގައުމީ ބަތަލު، ދޮންބަންޑާރައިންނަކީ، ހުރަވީ ޚާންދާނުގެ ބޭފުޅަކަށް ވާތީއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
