Read Time:2 Minute, 39 Second

 

 

އިއްޔެގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ ސިހުރުހާހޫރައިގެ ނުބައިކަމުގެ މައްޗަށެވެ. ސިހުރަކީ ޙަޤީޤަތެއް އެކުލެވިގެންވާ، އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ޝިރުކުގެ ޢަމަލެކެވެ. ސިހުރުވެރިން އެމީހުންގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ޝައިޠާނާއަށް ކިޔަމަންވެ، ދީނުން ބޭރުވާފަދަ ނަޖިސް އަދި އިހާނެތި ޢަމަލުތައް ކުރާކަން ޚުޠުބާގައި ބަޔާންކުރެއްވިއެވެ.

 

 

ބަލިމަޑުކަމެއް ނުވަތަ ކަމެއް ދިމާވި ނަމަވެސް، ސިހުރުވެރިންގެ ގާތަށް ދިއުމާއި، ސުވާލުކުރުމާއި، އެމީހުންގެ ބަސް ޤަބޫލުކުރުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. މުސްލިމުންގެ ޢަޤީދާއަކީ ކޮންމެ ކަމެއްވެސް މާތް ﷲގެ މިންވަރުފުޅުން މެނުވީ ނުވާނެކަން ޤަބޫލުކުރުމެވެ. އެހެންކަމުން، ކަންކަން ދިމާވުމުން އެއީ ސިހުރުގެ ސަބަބުންވާ ކަމެއް ކަމަށް ވަހުމްކޮށް، ސިހުރުވެރިންގެ އެހީ ހޯދުމުގެ ބަދަލުގައި، މާތް ﷲއަށް ވަކީލުކޮށް، ނަމާދާއި ޛިކުރުތަކަށް ރައްކާތެރިވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

 

 

ފަރުވާ ހޯދުމުގައި ވެސް ބޭނުންކުރަންވާނީ ކީރިތި ޤުރްއާނާއި ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި ޞައްޙަ ގޮތުގައި ރުޤުޔާކުރާ މީހުންނާއި ސިހުރުވެރިން ވަކިކުރާނެ ގޮތްތައް ބަޔާންކޮށްދެއްވައި، ދީނާ ޚިލާފު ކަންކަން ކުރާ މީހުންގެ ކިބައިން ސަލާމަތްވުމަށް ވަނީ ނަޞޭޙަތްތެރިވެފައެވެ.

 

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %