Read Time:2 Minute, 3 Second

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)

 

 

ލ. ހިތަދޫ ކޯޒްވޭގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދާ ހިސާބަށް ނިންމައި އާންމުންނަށް ބޭނުންކުރެވޭނެ ކަމަށް އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން މި މަޝްރޫޢުގައި ސޮއިކުރި ނަމަވެސް އަމަލީ މަސައްކަތް އެދެވޭ ގޮތެއްގައި ފެށިފައިވަނީ މި ސަރުކާރުގައި ކަމަށެވެ. ގާތްގަނޑަކަށް 81 މިލިއަން ރުފިޔާ ހޭދަވާ މި މަޝްރޫޢުގެ ދަށުން 390 މީޓަރުގެ ރިވެޓްމެންޓަކާއި، ދެ ބްރިޖް އަދި 714 މީޓަރުގެ މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. ކުރީ ސަރުކާރުން ގިނަ މަޝްރޫޢުތަކެއްގައި އެއްފަހަރާ ސޮއިކޮށްފައި ހުރުމުން މާލީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިހާރު މަސައްކަތް ކުރިއަށްދަނީ ދައުލަތުގެ ބަޖެޓަށް ނުކަތާވަރު ނުވާނޭހެން ތާވަލުކޮށްގެން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަމަލީ މަސައްކަތް 20 އޮކްޓޯބަރު 2025 ގައި ފަށާފައިވާއިރު، މިހާރު ކުރިއަށްދަނީ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ބްލޮކްތައް ތައްޔާރުކުރުމުގެ މަސައްކަތެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %