
ފޮޓޯ ރައްޔިތުންގެ މަޖިލިސް
ބަންޑާރަނައިބުގެ އޮފީސް ނުވަތަ އެޓާނީ ޖެނެރަލްގެ އޮފީހަކީ މިނިވަން ތަނެއްގެ ގޮތުގައި ހެދުމަށް މިދިޔަ ސަރުކާރުން ހިތަށް ވެސް އަރުވާފައި ނުވާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. އެޓާނީ ޖެނެރަލް އޮފީސް، ސިވިލް ސާވިސް އިން ވަކިކޮށް ވަކި ޚިދުމަތެއްގެ ގޮތުގައި ހެދުމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބިލަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ، ނިމިދިޔަ ސަރުކާރުތަކުން މިފަދަ މުހިންމު އަސާސްތަކެއް ބިނާވާ އިދާރާއެއް މިނިވަން މުސްތަގިއްލު ކަމާއެކު ހިންގޭނެ ގާނޫނެއް ވުޖޫދު ކުރަން ހިތަށް ވެސް އަރުވާފައިނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ
.
ޝުޖާއި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދަ މުހިންމު ބިލެއް ފޮނުވުމުން އެނގިގެން ދަނީ ދައުލަތާއި ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ޓަކައި އޮތް ލޯބި ރަމްޒުވެގެންދާ ފުރިހަމަ ނިންމުމެއް ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ބަންޑާރަނައިބުގެ އޮފީސް ތަރުތީބުވެފައި އޮންނަ ގޮތަށް ބަލާއިރު 1950 ވަނަ އަހަރު ބަންޑާރަނައިބުގެ އޮފީހަކީ ވަކި މުސްތަގިއްލު އޮފީހެއްގެ ގޮތުގައި ހަމަޖެހި ޖިނާއީ ކުށްތަކާއި ސިޔާސީ މައްސަލަތަކުގައި މެނުވީ ތަހުގީގީ މަރުހަލާގައި ހާޒިރުވާން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ އޮތް ކަން އޭނާ ފާހަގަކުރެއްވިއެވެ.
“އެހެން ނަމަވެސް އެއްވެސް ގާނޫނަކުން މިކަން އެނގެން ނެތުމަކީ މިފަދަ ގާނޫނެއް މުހިންމުވާ ސަބަބު ކަމުގައި އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވޭ. ރަސްމީ ސިފައެއްގައި ބަންޑާރަ ނައިބުގެ އޮފީހުގެ ނަން އެޓާނީ ޖެނެރަލް އޮފީހުގެ ނަމަށް ބަދަލުކޮށްފައިވަނީ 1960 ވަނަ އަހަރު. އެ ހިސާބުން ފެށިގެން އޮފިޝަލް ކަންތައްތައް އެ ގާނޫގެ ޗެޕްޓަރު އެކެއްގައި ގެނެވިގެންދާ އިސްލާހުގައި ރަސްމީ ސިފަައެއްގައި އެ އޮފީހުގެ މަސައްކަތްތައް ކުރަން ފެށުނު.” ޝުޖާއު ވިދާޅުވިއެވެ.
ބަންޑާރަނައިބު އޮފީހުގެ އެއް މަސައްކަތަކީ ދައުލަތުގެ ފަރާތުން ހަދަންޖެހޭ ގާނޫނުތައް ހެދުމާއި، ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ލަފާދިނުމުގެ އިތުރުން ދައުލަތާ ގުޅުންހުރި މައްސަލަތަކުގައި ދައުވާކުރުން ކަމަށާއި، މި ބިލުގައި ވެސް އެކަންކަން ކުރާނެ ގޮތް ވަރަށް ތަފްސީލުކޮށް ކުރާނެ ގޮތް ބަޔާންކޮށްފައި އެބައޮތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
