
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މާލޭ ނޯތު ހާބަރުގެ ‘އޭ ޒޯން’ ނުވަތަ ބޮޑުތަކުރުފާނު މަގާވީ ފަޅިން އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ. މީގެ ކުރިން މި ޚިދުމަތް ހޯދުމަށް އުޅަނދުފަހަރު އެހެން ޒޯންތަކަށް ބަދަލުކުރަން ޖެހުމުން ދިމާވި ތޮއްޖެހުމާއި ދަތިތަކަށް މި ބަދަލާއެކު ވަނީ ހައްލެއް ލިބިފައެވެ. އެމްޕީއެލް އިން މި ސަރަހައްދުގައި 16 ޕޮއިންޓެއް ގާއިމްކޮށްފައިވާއިރު، މިއާއެކު އެއްފަހަރާ 48 އުޅަނދަށް ކަރަންޓު އަދި 16 އުޅަނދަށް ފެނުގެ ޚިދުމަތް ދިނުމުގެ ގާބިލުކަން މިހާރު ވަނީ ލިބިފައެވެ.
މި އައު އިންތިޒާމުގެ ސަބަބުން އޮޑިވެރިންނަށް ވަގުތާއި ހިންގުމުގެ ޚަރަދު ސަލާމަތްވެ، ތެޔޮ އެންދުމުގެ ބަދަލުގައި ފަސޭހަކަމާއެކު ބަނދަރުން ކަރަންޓު ލިބޭނެއެވެ. މީގެ އިތުރުން، ބޯޓުފަހަރުގެ އިންޖީނުތައް ނިއްވާލެވޭތީ ބަނދަރު ސަރަހައްދުގައި އުފެދޭ ދުމާއި އަޑުގަދަވުން ކުޑަވެ، ތިމާވެއްޓަށާއި އާންމުންނަށް ވެސް ހިތްފަސޭހަ މާހައުލެއް ގާއިމްވެގެންދާނެއެވެ. މިއީ ބަނދަރުގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، ރައްކާތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
