Read Time:2 Minute, 0 Second

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)

 

 

މާލީ ވުޒާރާއިން 2025 އިން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް ފަށައި، ދައުލަތުގެ އިދާރާތަކުން ބޭސްލައިން ބަޖެޓު ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ބޭސްލައިން ބަޖެޓަކީ މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި ޚިދުމަތްތައް ކުރިއަށްގެންދަން ބޭނުންވާ ޚަރަދުތަކަށް ބަލައިގެން ތައްޔާރުކުރާ ބަޖެޓެކެވެ. މީގައި އާ މަޝްރޫއުތަކާއި އާ މުވައްޒަފުންގެ ޚަރަދުތަކެއް ނުހިމެނޭނެއެވެ. ބަޖެޓު ތައްޔާރުކުރަންވާނީ ކަނޑައެޅިފައިވާ ސީލިންއަށްވުރެ ބޮޑުނުވާނެހެން، ޚަރަދުތައް ކުޑަކޮށް އިސްރާފު ނުވާނެ ގޮތަށެވެ. މީގެ މުހިންމު އަމާޒުތަކުގެ ތެރޭގައި ދައުލަތުގެ ދަރަނި މެނޭޖުކުރުމާއި، ޚަރަދާ އެއްވަރުގެ ނަތީޖާ ނެރުމާއި، އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ހިމެނެއެވެ. އިދާރާތަކުން އަންނަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބަޖެޓު ހުށަހަޅަންޖެހޭއިރު، ވަގުތަށް ނުފޮނުވާ އިދާރާތަކުގެ ބަޖެޓު ތައްޔާރުކުރުމުގެ އިޚްތިޔާރު މާލީ ވުޒާރާއަށް އޮންނާނެއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %