
މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓޭޝަން ގައިޑްލައިނަށް ބަދަލުގެނެސްފިއެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން (އެމްކިއުއޭ) އިން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ 16 މޭ 2022 ގައި ޝާއިއު ކޮށްފައިވާ “ގައިޑްލައިން ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން” އަށް 2 ޑިސެންބަރު 2024 ގައި ދެވަނަ އިސްލާހެއް ގެނެސްފައިވާކަމަށެވެ.
މި އިސްލާހުގައި، ގައިޑްލައިންގެ 3.1 “އެސެސްމަންޓް އެންޑް އިވެލުއޭޝަން ޕްރޮސެސް”ގެ ދަށުން 50 އިންސައްތަ ކޮންޓްރޯލްޑް އެސެސްމަންޓްގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވުން ލާޒިމު ކޮށްފައިވެއެވެ. އަދި މިފަދަ އެސެސްމަންޓްތައް ކުރިއަށް ގެންދަންވާނީ ގައިޑްލައިންގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. މި ބަދަލާ ގުޅިގެން، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިން އެޕްރޫވަލް ދީފައިވާ ޕްރޮގްރާމްތަކާއި އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން މި ބަދަލާ އެއްގޮތަށް އަމަލުކުރުމަށް އޮތޯރިޓީން އަންގާފައިވެއެވެ.
މި ބަދަލަކީ މަތީ ތައުލީމު ދޭ މަރުކަޒުތަކާއި، ދަރިވަރުންނާއި، އާންމުންނަށް އެންގުން މުހިންމު ކަމެއްކަމަށް ބުނެ، އޮތޯރިޓީން ވަނީ މިކަން އާންމުކޮށް އަންގައި އިއުލާންކޮށްފައެވެ. އެމްކިޔުއޭގެ އެކްރެޑިޓޭޝަނާއި ޚިލާފަށް ކޯސް ހިންގާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމްކިޔުއޭ އިން ވަނީ މީގެކުރިން އަންގައިފައެވެ.
މިފަދަ ޝަކުވާތައް އެ އޮތޯރިޓީގެ [email protected] އިތުރުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމެންޓަށް ވެސް އެ މިނިސްޓްރީގެ ފޯމް “މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާ ބެލުމަށް އެދޭ ފޯމް މެދުވެރިކޮށް މިނިސޓްރީގެ [email protected]އަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ރާއްޖޭގެ މަތީތައުލީމްގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ ޔުނިވާސިޓީތަކާއި ބޭރުގެ ދަރިވަރުން އައިސް ތައުލީމް އުގެނޭނެ ފެންވަރުގެ ތަންތަނަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެހެންކަމުން ރާއްޖޭގައި މަތީ ތައުލީމްގެ ފެންވަރު ރަގަޅުކުރުމަށް ކުރެވެންހުރި މަސައްކަތްތައް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
