
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ސެންޓަރުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ހިތުގެ ބަލިތަކާ ގުޅޭ ހުރިހާ ފަރުވާއެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ. މިގޮތުން ޤައުމީ ފެންވަރުގައި ކާޑިއެކް ސަރޖަރީ ތަޢާރަފްކުރުމާއި، އަތޮޅުތެރޭގެ ޚިދުމަތްތައް ހަރުދަނާކުރުމުގެ އިތުރުން، ޑިޖިޓަލް ހެލްތާއި އޭއައި ބޭނުންކޮށްގެން ފަރުވާގެ ފެންވަރު މަތިކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ އިތުރުން، ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، ބައިނަލްއަޤުވާމީ އިދާރާތަކާ ގުޅިގެން ދިރާސާގެ ދާއިރާއިން ކުރިއެރުން ހޯދުމަކީވެސް ސަރުކާރުގެ މުހިންމު ތަސައްވުރެކެވެ. ރައީސް ޑރ. މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ، ޒަމާނީ ވަސީލަތްތަކާއެކު ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދެމެހެއްޓެނެވި ގޮތެއްގައި ވަށާޖެހޭ ސިއްޙީ ނިޒާމެއް ޤާއިމްކުރުމެވެ.
About Post Author
މާދަމާ ނިއުސް
“ރައްޔިތުންގެ އަޑު” އިތުރު 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް މާފަންނު ދެކުނު، އުނގޫފާރު،...
ބަރުދަން ލުއިކުރަން ސައްޙަނޫން ތަކެތި ބޭނުންނުކުރަން އިލްތިމާސްކޮށްފި
ބަރުދަން ލުއިކުރުމަށާއި އެކި ބަލިތަކަށް ފަރުވާ ލިބޭނެކަމަށް ބުނެ ސައްޙަނޫން މަޢުލޫމާތު ހިމަނައިގެން ކާބޯތަކެތި އިޝްތިހާރުކޮށް ވިއްކުމާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް...
“ކަނޑާލާ މުވައްޒަފުންގެ އަދަދު އޮޅުވާލަނީ ސިޔާސީ މަގުޞަދެއް ހާސިލްކުރަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް...
ސަރަޙައްދީ އިންވެސްޓްމަންޓް މަންޒިލަކަށް ރާއްޖެ ހެދުމަށް ގިނަ މަސައްކަތްތަކެއް
ރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި ވާދަވެރި އިންވެސްޓްމަންޓް މަންޒިލަކަށް ހެދުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިގުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ޖަޕާނު...
“އަމާޒަކީ ރާއްޖެއާއި ޖަޕާނުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުން”
ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކޮށް، ދެޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. ޖަޕާނު އެމްބަސީން ބޭއްވި...
މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން) ގައުމީ އެއާލައިން މޯލްޑިވިއަންގެ ފެންވަރު ރަނގަޅުކޮށް، ދުނިޔޭގެ ބޮޑެތި ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް...
