
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދިރިއުޅުން ތަނަވަސްކޮށްދިނުމަށް ބޯހިޔާވަހިކަމުގެ އައު ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށް ބިނާރާ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ދެ ކޮޓަރީގެ ފްލެޓަށް ބަދަލުވި ގިނަ އާއިލާތަކުގެ ހާލަތު ބަދަލުވެ، ތަނަވަސް ތަނަކަށް ބަދަލުވާން ބޭނުންވި ނަމަވެސް، ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ކަންކަމުގައި ކުރިއެދޭ ދިނުން ލާޒިމްވާ ކަމަށެވެ. ހިޔާ ސަރަހައްދުގައި ތިބި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހިޔާ ސަރަހައްދަށް ކަނޑައަޅާފައިވާ ހުސް ބިންތަކުގައި ގޯތި ދީފައިވުމާއި ބިން ނެތުން ފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ފާއިތުވި ދެ އަހަރު ތެރޭ ރައްޔިތުންގެ ދިރިއުޅުން ފަސޭހަ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. 25 ބުރީގެ 16 ޓަވަރު ހިމެނޭ ހިޔާ މަޝްރޫޢު 2018 ގައި ނިމުނު ނަމަވެސް، ފިނިޝިން ނުނިންމައި، ދޮރުތައް ނެތި، އަސާސީ ޚިދުމަތްތައް ޤާއިމްނުކޮށް ފްލެޓްތައް ހަވާލުކުރި ގޮތުން ރައްޔިތުންނަށް ބޮޑު ހިތްދަތިކަމެއް ލިބިގެންދިޔައެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ފިނިޝިން ޚަރަދުން 200،000 ރުފިޔާ އުނިކޮށްދީ، މަހު ކުލި ކުޑަކޮށްދީ، ކޮންމެ ޓަވަރެއްގައި ސްޓްރެޗަރ ވެސް ވަދެވޭ ވަރުގެ ތަނަވަސް ދެ ލިފްޓް ހަރުކޮށްދީ ރައްޔިތުންނަށް ލުއިތަކެއް ހޯދައިދީފައެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
