Read Time:2 Minute, 1 Second

(ފޮޓޯ ކްރެޑިޓްސް: ފީފާ)

 

 

އާލިން ހާލަންޑް ކާމިޔާބުކުރި ދެ ލަނޑާއެކު 2-1 އިން ބްރެޒިލް ބަލިކޮށް، ނޯވޭ ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުގެ ދެވަނަ ހާފުގައި ހާލަންޑް ޖެހި ދެ ލަނޑާއެކު އޭނާ ވަނީ މި މުބާރާތުގައި 7 ގޯލް ހަމަކޮށްފައެވެ. ބްރެޒިލަށް ލިބުނު ދެ ޕެނަލްޓީގެ ތެރެއިން ބުރޫނޯ ގިމަރޭސް ފޮނުވާލި ފުރަތަމަ ޕެނަލްޓީ ނޯވޭގެ ކީޕަރު ދިފާއުކުރިއިރު، ދެވަނަ ޕެނަލްޓީ މެޗުގެ ފަހުވަގުތު ކާމިޔާބުކޮށްދިނީ ނޭމާ އެވެ.

 

 

މުޅި މެޗުގައި ދެޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައިރު، ބްރެޒިލްގެ އެންޑްރިކް އާއި ވިނީޝިއުސްއަށް ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފައެވެ. ނޯވޭގެ ކެޕްޓަން އޮޑެގާޑް ފޮނުވާލި ހަމަލާތައް ބްރެޒިލްގެ ކީޕަރު އެލިސަން ދިފާއުކުރިއެވެ. މިއީ 1990 ވަނަ އަހަރުގެ ފަހުން ބްރެޒިލް ކުއާޓާ ފައިނަލަށް ނުގޮސް މުބާރާތުން ކެޓި ފުރަތަމަ ފަހަރެވެ. ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް މި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ ކޯޗު އެންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅެމުންނެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %