Read Time:2 Minute, 2 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖްމަންޓްތަކުން ޕްރޮކިއުމަންޓްގެ އުސޫލުތަކާ ޚިލާފަށް އަމަލުކުރުމުގެ ސަބަބުން ކުންފުންޏަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެއެވެ. މީގެ ކުރިން ތަކެތި ހޯދުމުގައި ފެންވަރަށް ނުބަލައި، އަމިއްލަ މަސްލަހަތު އިސްކޮށްފައިވުމުގެ ސަބަބުން، އަގުބޮޑު ޑުޕްލިކޭޓް ތަކެތި ލިބުމާއި ތަކުރާރުކޮށް މަރާމާތުކުރަން ޖެހުން ފަދަ ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މިކަންކަމުގެ ސަބަބުން ރައްޔިތުންނަށްދޭ އަސާސީ ޚިދުމަތްތަކަށް ބުރޫއަރަމުންދާތީ، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވައި، ޕްރޮކިއުމަންޓް ޕޮލިސީ ހަރުދަނާކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށްދާ މި އިސްލާހީ ބަދަލުތަކުގެ ތެރޭގައި، ކުންފުންޏަށް ބޭނުންވާ ސްޕެއަރ ފަދަ ތަކެތި ދުރާލާ ހޯދައި ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %