
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން ދެމެހެއްޓުމަށްޓަކައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނާއި، ވިޒިޓް މޯލްޑިވްސް (ވީ.އެމް.ސީ) އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، މޯލްޑިވިއަންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ޖަމްޢިއްޔާތައް ހިމެނޭ މަތީ ފަންތީގެ ވަފުދެއް 2026 ޖުލައި 1 އިން 11 އަށް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް ޙާރިޘް މުޙައްމަދު އިސްކޮށް ހުންނަވައިގެން ކުރައްވާ މި ދަތުރުފުޅުގައި ބެއިޖިންގް، ޝަންހާއީ އަދި ޗެންގްދޫއަށް ޒިޔާރަތްކުރައްވާނެއެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން މި ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ އެ ކޯޕަރޭޝަނުގެ ސީ.އީ.އޯ އަދި އެމް.ޑީ އަލްފާޟިލް އިބްރާހީމް ޝިއުރީއެވެ.
މި ދަތުރުފުޅަކީ މެދުއިރުމަތީގެ މަޝްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ މަގުތަކަށާއި ފަތުރުވެރިންގެ އާދަކާދަތަކަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މިގޮތުން، މިނިސްޓްރީން ދަނީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން ދަމަހައްޓައި، މާކެޓަށް އޮތް އިތުބާރު ބޮޑުކުރުމަށްޓަކައި، ފަތުރުވެރިން އެންމެ ގިނައިން އަންނަ އަދި ކުރިމަގު އޮތް ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަމުންނެވެ.
ޗައިނާއަކީ މިހާރުވެސް ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ޤައުމުން 168,677 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 19.8 އިންސައްތައިގެ ކުރިއެރުމެކެވެ. މި ދަތުރުފުޅަކީ މި ދާއިރާގެ މުހިންމު ބައިވެރިންނާއެކު އޮންނަ ގުޅުން ވަރުގަދަކޮށް، މިއަހަރަށް ކަނޑައަޅާފައިވާ އަމާޒުތަކަށް ވާޞިލުވުމަށް ސަރުކާރުން ގެންގުޅޭ ފުޅާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ދަތުރުފުޅުގެ ތެރެއިން، ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުންނާއި، އެއަރލައިންތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އޭޖެންސީތަކުގެ އިތުރުން ޓްރެވަލް ޓެކްނޮލޮޖީ ކުންފުނިތަކާއެކު މަތީ ފަންތީގެ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު އުފެއްދުންތައް އިޝްތިހާރުކުރުމަށްޓަކައި ކޮންމެ ސިޓީއެއްގައި ނެޓްވޯކިންގް އިވެންޓްތަކެއް ބޭއްވޭނެއެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ވައިގެ މަގުން ރާއްޖެއާ ގުޅާލެވިފައިވާ މިންވަރު އިތުރުކޮށް، މާކެޓް ފުޅާކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަގުފަހިކުރުމެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، ފަތުރުވެރިންނަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި މިނިސްޓްރީއާއި ވީ.އެމް.ސީން ދެމިއޮންނާނެއެވެ. އަދި ފަތުރުވެރިން އެންމެ ގިނައިން އަންނަ މާކެޓްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިފަދަ ހަރަކާތްތައް ކުރިއަށް އޮތް މަސްތަކުގައިވެސް މެދުނުކެނޑި ކުރިއަށްދާނެއެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
