
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) ގެ ޕްރޮކިއުމަންޓް ނިޒާމު އިތުރަށް ހަރުދަނާކޮށް، ލުއިފަސޭހަ ކުރުމަށްޓަކައި “ވިޒިޓް މޯލްޑިވްސް ވެންޑަރ ޕްލެޓްފޯމް” މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޕްލެޓްފޯމްގެ ސަބަބުން ރާއްޖެއާއި ރާއްޖޭން ބޭރުގެ ސަޕްލަޔަރުންނަށް ޚިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ވެންޑަރުން ރަޖިސްޓްރީ ކުރުމާއި އިވެލުއޭޓް ކުރުމުގެ މަރުހަލާތައް އެއް މިންގަނޑަކަށް ފައްތާ، ޕްރޮކިއުމަންޓްގެ ކަންކަން ދެފުށް ފެންނަ، އިންސާފުވެރި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މިކަމުގެ ސަބަބުން މަގުފަހިވާނެއެވެ.
އަލަށް ތަޢާރަފުކުރި މި ޕްލެޓްފޯމް މެދުވެރިކޮށް ވެންޑަރުންނަށް އޮންލައިންކޮށް ރަޖިސްޓްރީވެ، ކުންފުނީގެ ޕްރޮފައިލް ބަލަހައްޓައި، ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅޭނެއެވެ. މީގެ އިތުރުން، އާރް.އެފް.ޕީ (RFP) އާއި އާރް.އެފް.ކިއު (RFQ) ފަދަ ޕްރޮކިއުމަންޓާ ގުޅޭ ދައުވަތުތައް ބަލައިގަތުމާއި، އައު ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު އޮޓޮމެޓިކް ނޮޓިފިކޭޝަން މެދުވެރިކޮށް ވަގުތުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ނިޒާމުގެ ސަބަބުން ރައްކާތެރިކަމާއެކު އޮންލައިންކޮށް ލިޔެކިޔުންތައް ހުށަހެޅުމާއި، ކުންފުނީގެ މަޢުލޫމާތު ފަސޭހަކަމާއެކު އަދާހަމަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ އިދާރީ މަސައްކަތްތަކަށް ހޭދަވާ ވަގުތާއި ކަރުދާސް ބޭނުންކުރުން މަދުކޮށްދޭނެ ފުރިހަމަ ޑިޖިޓަލް ނިޒާމެކެވެ.
ވެންޑަރ ޕޯޓަލް އިފްތިތާހު ކުރުމުގެ މައިގަނޑު މަޤްޞަދަކީ ރަޖިސްޓްރޭޝަން މަރުހަލާ އަވަސްކޮށް، ލިޔެކިޔުންތައް ބެލެހެއްޓުން ލުއިފަސޭހަކޮށްދީ، ހުރިހާ ވެންޑަރުންނަށް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމެވެ. އަދި މީގެ ސަބަބުން ވެންޑަރުންނާއި ކޯޕަރޭޝަނާ ދެމެދު އޮންނަ މުޢާމަލާތްތައް އިތުރަށް ހަރުދަނާވެ، މުޅި ޕްރޮކިއުމަންޓް މަރުހަލާގައި ދެފުށް ފެންނަ އުޞޫލުތައް ފުރިހަމައަށް ތަންފީޛު ކުރެވޭނެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (VMC) އިން ވަނީ މިހާރު ޚިދުމަތް ދެމުންދާ ސަޕްލަޔަރުންނާއި އަލަށް ގުޅެން ބޭނުންވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ވިޔަފާރިތަކުން vendor.vmc.mv މެދުވެރިކޮށް ރަޖިސްޓްރީވުމަށް ބާރުއަޅާފައެވެ. މިއީ ޕްރޮކިއުމަންޓްގެ ފުރުޞަތުތަކުގައި ބައިވެރިވުމަށް ހުޅުވާލެވިފައިވާ ފަސޭހަ މަގަކަށް ވެގެންދާނެއެވެ. އިތުރު މަޢުލޫމާތު ނުވަތަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ޕްރޮކިއުމަންޓް ޓީމާ [email protected] މެދުވެރިކޮށް ގުޅުއްވުން އެދެމެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
