
ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފޯރުކޮށްދެމުންދާ ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ތެރެއިން 1000 ޓަނުގެ މުދާ އެކްސްޕޯޓް ކޮށްފިއެވެ. ވީއައިއޭ ހިންގާ އެމްއޭސީއެލުން ބުނީ، މި ހިދުމަތަށް ވަރޖިން އެޓްލާންޓިކް މިއަދު ގުޅުމާއެކު، ސީ-ޓު-އެއަރ ކާގޯ ހިދުމަތުގައި ޖުމްލަ 12 އެއާލައިނަކުން ބައިވެރިވާ ކަމަށެވެ. އެމްއޭސީއެލުން ބުނީ، އާ އެއާލައިންތަކުން މިހިދުމަތާއި ގުޅުމަކީ ވީއައިއޭގެ ކަރގޯގެ ހިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށެވެ.
ސީ-ޓު-އެއަރ ކާގޯ ހިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު އަވަހަށް ވައިގެ މަގުން ބޭނުން މަންޒިލަކަށް ފޯރުކޮށްދިނުމަށް އެމްއޭސީއެލުން ފެށި ހިދުމަތެވެ. މިއަހަރުގެ މޭއި މަހުގެ ތެރޭގައި ފެށި މި ހިދުމަތުގައި މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކޮށްފައިވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރާ ގަރމެންޓް ޝިޕްމެންޓްތަކެވެ. މިހާރު ހިދުމަތް ދެމުން އަންނަ އެއާލައިިންތަކަށް ބަލާއިރު، ޓަރކިޝް އެއާލައިން، ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު، އެރޯފްލޮޓް، ނިއޯސް، ގަލްފް އެއަރ، ޑިސްކަވަރ އެއަރލައިންސް، އޮސްޓްރިއަން އެއާލައިންސް، ކޮންޑޯ، ބްރިޓިޝް އެއާވޭސް އަދި ވަރޖިން އެޓްލާންޓިކް ހިމެނެއެވެ.
އެމްއޭސީއެލުން ބުނީ، ސީ-ޓު-އެއަރ ކާގޯގެ ހިދުމަތާއިއެކު ވީއައިއޭއިން ދެމުންދާ ކާގޯގެ ހިދުމަތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައިވާ ކަމަށާއި ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީއައިއޭގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިގްތިސާދަށް އެމްއޭސީއެލުން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
