
ފޮޓޯ ކްރެޑިޓްސް: ޕީޕީއެމް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައިފިއެވެ. ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން މިއަދު ފާސްކޮށްފައިވާއިރު މި ނިންމުމާއެކު ޕީޕީއެމްގެ މެންބަރުން ވެރިކަންކުރާ ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ބަދަލުވުމުގެ މަގު ފަހިވެގެން ގޮސްފައިވެއެވެ.
ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގައި ޕާޓީ އުވާލުމަށް ހުށަހެޅި ގަރާރު ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ. ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕާޓީގެ ނައިބު ރައީސް، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ. ބައްދަލުވުން ބޭއްވީ ޕީއެންސީގެ އޮފީހުގައެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެފައިވަނީ މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި، މިއީ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ބަދަލުވާން ރަސްމީކޮށް އިލްތިމާސްކުރާ ދުވަސް ކަމަށެވެ.
ނަމަވެސް، ބައެއް ސެނެޓަރުން ވަނީ ޕީޕީއެމް އުވާލުމުން އިންތިހާބީ މަގާމުތަކުގައި ތިބި މެންބަރުންގެ ގޮނޑިތަކާމެދު ސުވާލު އުފައްދާފައެވެ. ޕާޓީގެ ލީޑާޝިޕުން މިކަމާ ގުޅޭ މައުލޫމާތު އިތުރަށް ސާފުކޮށް، ސެނެޓަށް އަންގާނެ ކަމަށް ވިދާޅުވެފައިވެއެވެ. ޕީޕީއެމްގެ ޓިކެޓުގައި ރަށު ކައުންސިލްތަކަށް ވެސް ގިނަ އަދަދެއްގެ މީހުން އިންތިހާބުކޮށްފައިވެއެވެ. ޕީޕީއެމް އުވާލުމާ ގުޅިގެން، ޕާޓީގެ ކުލަ، ނަން، ނިޝާން އަދި ލޯގޯ ފަދަ ތަކެތި ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބޭނުން ނުކުރެވޭނެއެވެ.
މި ނިންމުމަކީ ވެރިކަންކުރާ ކޯލިޝަންގެ ސިޔާސީ މަޝްރަޙު އަލުން ބައްޓަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
