
(ފޮޓޯ ކްރެޑިޓްސް: މިނިސްޓްރީ އޮފް ހައުސިން)
ދިވެހިރާއްޖެއަށް ހާއްސަކޮށް ގެދޮރު ބިނާކުރުމަށް އެހީތެރިވުމަށް ވިލުންތެރި ގެދޮރު ބިނާކުރުމުގެ އިރުޝާދު އިފްތިތާހުކޮށްފިއެވެ. ދިވެހިރާއްޖޭގައި ވިލުންތެރި ގެދޮރު ބިނާކުރުމުގެ އިރުޝާދު އިފްތިތާހު ކުރެއްވީ އެކަމަށް ހާއްސަކޮށްގެން މީރުމާގެ ފުރަތަމަ ފަނގިފިލާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބުއެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގައި ވިލުންތެރި ގެދޮރު ބިނާކުރުމުގެ އިރުޝާދު ރަސްމީކޮށް އިފްތިތާހު ކޮށްފައިވާއިރު، އެ އިރުޝާދަކީ މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލާން ޖެހިފައިވާ ޤައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ހާއްސަ ބޭނުންތަކަށް އަމާޒުކޮށް އެކުލަވާލާފައިވާ މުހިންމު ލިޔުމެކެވެ. ހަފްލާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މި އިރުޝާދުގައި ހިމެނެނީ ވަކިވަކި ފަރުދުންނާއި، އާއިލާތަކާއި، ރަށްރަށުގެ މުޖުތަމައުތަކާއި ސަރުކާރުގެ އިދާރާތަކަށް ރައްކާތެރި، ދެމެހެއްޓެނިވި އަދި ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ގެދޮރު ބިނާކުރުމަށް ބޭނުންވާ އަމަލީ ހައްލުތަކާއި މައުލޫމާތު ކަމަށެވެ. މީގެ ސަބަބުން މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކަށް މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލެވޭނެ ގޮތްތައް ކަށަވަރުކޮށްދޭނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި އިރުޝާދަކީ ޑިވެލޮޕަރުންނާއި، ކޮންޓްރެކްޓަރުންނާއި އަދި ގޭގޭގެ ވެރިންނަށް ބޭނުންތެރި މަރުޖައުއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެކެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފއެވެ. އަދި މީގައި ހިމެނެނީ ސަލާމަތްތެރިކަމާއި، ހަކަތައިގެ ހަރަދު ކުޑަކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ގެދޮރު ބިނާކުރުމަށް އިސްކަންދޭ ގޮތްތަކެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މި އިރުޝާދު އެކުލަވާލުމުގައި ބައިނަލްއަގުވާމީ ބައިވެރިންގެ ފަންނީ އެހީތެރިކަމާއި ތަޖުރިބާ ހިއްސާކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން އެ އިރުޝާދަކީ ބައިނަލްއަގުވާމީ ފެންވަރުގައި ގަބޫލުކުރެވޭ، ނަމަވެސް ދިވެހިރާއްޖެއަށް ހާއްސަކޮށް އެކުލަވާލެވިފައިވާ ފޮތެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
“ގޭގެ ވެރިންނާއި، ލޯކަލް ބިލްޑަރުންނާއި، ކޮންޓްރެކްޓަރުންނާއި އަދި ޕްލޭނަރުން މި އިރުޝާދުގައިވާ ކަންކަމަށް ރިޢާޔަތްކުރުމަކީ މުހިންމު ކަމެއް. މިއީ އަޅުގަނޑުމެންގެ ގައުމުގެ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދޭނެ ކަމެއް. އެކުގައި މަސައްކަތްކޮށްގެން، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލެވޭނެ ފަދަ ގެދޮރު ބިނާކުރެވޭނެ.” ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމަކަށްވުމާއެކު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި، ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ގައުމެކެވެ. ހާއްސަކޮށް މޫދުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވެއެވެ. މި ސަބަބުތަކަށް ޓަކައި، އައު އީޖާދީ އަދި ދެމެހެއްޓެނިވި އިމާރާތްކުރުމުގެ ގޮތްތައް ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

(ފޮޓޯ ކްރެޑިޓްސް: މިނިސްޓްރީ އޮފް ހައުސިން)
“ރާއްޖެ އުފެދިފައި އޮންނަ ގޮތުންނާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ގިނަ ގޮންޖެހުންތަކެއް ދިމާވޭ. އެހެންކަމުން، ގެދޮރު އިމާރާތްކުރާއިރު އެންމެ ރައްކާތެރި ގޮތްތައް ބޭނުންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް. މި ފޮތުގެ އެހީގައި ރައްކާތެރި، ދެމެހެއްޓެނިވި އަދި ކަރަންޓަށް ކުރާ ހޭދަ ކުޑަވާނެ ގޮތަށް ގެދޮރު ބިނާކުރެވޭނެ.” ވަޒީރު ވިދާޅުވިއެވެ.
މި އިރުޝާދު އެކުލަވާލުމުގެ މަގްސަދަކީ މިފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ އަމަލީ ހައްލުތައް ހޯދައިދިނުމެވެ. މިގޮތުން، މި އިރުޝާދުގައި ހިމެނޭ ކަންކަމަކީ ދިވެހިރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް އެކުލަވާލެވިފައިވާ ކަންކަމެވެ. މީގެ ސަބަބުން، މިހާރު އަދި މުސްތަގުބަލުގައި ވެސް ދިވެހީންނަށް ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ގެދޮރުގައި ދިރިއުޅެވޭނެ މަގު ފަހިވެގެންދާނެއެވެ.
“އަޅުގަނޑު އިލްތިމާސްކުރަނީ ހުރިހާ ފަރާތްތަކުން ވެސް ގެދޮރު އިމާރާތްކުރާއިރު މި ފޮތުގައި ހުރި ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުމަށް. އަޅުގަނޑުމެން ބޭނުންވަނީ މި ފޮތާއެކު ރަނގަޅު ހެޔޮ ބަދަލުތަކެއް ފެނިގެން ދިޔުން.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި އިރުޝާދަކީ ދިވެހިރާއްޖޭގެ މުސްތަގުބަލް ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ފޮތެއް ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަކުން ވެސް މި އިރުޝާދަށް އަމަލުކުރުމަކީ ގައުމުގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.
“މި ފޮތަކީ ގެދޮރު އިމާރާތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ލިބިގެންދިޔަ ބޮޑު އެހީތެރިކަމެއް. މިއީ ހަމައެކަނި ފޮތެއް ނޫން. މިއީ އެފަދަ މަސައްކަތެއްގެ މަގުޗާޓެއް.” ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވިއެވެ.
މި ފޮތުގައި ހިމެނޭ މައުލޫމާތުތަކުގެ ތެރޭގައި ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ގެދޮރު ވަރުގަދަކުރާނެ ގޮތް، ދެމެހެއްޓެނިވި ގޮތެއްގައި ގެދޮރު ބިނާކުރުން، ކަރަންޓު ޚަރަދު ކުޑަކުރުމުގެ ގޮތްތައް އަދި ތިމާވެއްޓާ ރައްޓެހި ތަކެތި ބޭނުންކުރުމުގެ މުހިންމުކަން ހިމެނެއެވެ.

(ފޮޓޯ ކްރެޑިޓްސް: މިނިސްޓްރީ އޮފް ހައުސިން)
މި ފޮތް ތައްޔާރުކޮށްފައިވަނީ މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓުގެ ދަށުން ވޯލްޑް ބޭންކާއި ސަރުކާރު ގުޅިގެންނެވެ. މި ފޮތް އިފްތިތާހުކުރުމަށްފަހު ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީއާ ހަވާލުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
