
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަލަށް ރިޓަޔާވާ މީހުންނަށްދޭ ޕެންޝަން ފައިސާ ނުކެނޑުމަށް ސަރުކާރުން ނިންމައިފިއެވެ. މީގެ ކުރިން ސަރުކާރުން ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ވަޒީފާ އިން އަލަށް ރިޓަޔާކުރާ މުވައްޒަފުންނަށް މަހުން މަހަށް ދޭ ޕެންޝަން ހުއްޓާލަން ނިންމާފައެވެ.
ސަރުކާރުގެ ވަޒީފާއިން އަލަށް ރިޓަޔާ މުވައްޒަފުންނަށް މަހުން މަހަށް ދޭ ޕެންޝަން ޖެނުއަރީން ފެށިގެން ހުއްޓާލާނެކަން ސަރުކާރުން އިއުލާނުކުރީ މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރައްވައި ނެރުއްވި ސިޓީއަކުންނެވެ. އަލަށް ރިޓަޔަވާ މީހުންނަށް މަހުން މަހަށް ދޭ ފައިސާ ކަނޑާލި ނަމަވެސް ރިޓަޔާވާއިރު ގަނޑުކޮށް ދޭ ފައިސާ ކުރިން ވެސް ދެމުން އައި ގޮތަށް ދިނުމަށް އޭރު ސަރުކާރުން ނިންމާފައިވެއެވެ.
އޮފިޝަލަކު ވިދާޅުވީ ކުރިން ނެރުނު އެ ސިޓީ ބާތިލްކޮށް އަލަށް ރިޓަޔާވާ ސަރުކާރު މުވައްޒަފުންނަށް މަހުން މަހަށް ޕެންޝަން ފައިސާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި އެކަން މިހާރު ސަރުކާރު އޮފީސްތަކަށް އަންގާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. އަލަށް ރިޓަޔާ މީހުންނަށް ދޭ ޕެންޝަން ކަނޑާލުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވިއެވެ. އަދި ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
