
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ޑރ. އާއިޝަތު ރަމީލާ،ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރުގެ މަގާމުން މިއަދު އިސްތިއުފާދެއްވާފައިވާތީ، އެމަގާމަށް ބޭފުޅަކު އައްޔަނުކުރެވެންދެން އެ ވުޒާރާ ހިންގެވުން ވަގުތީގޮތުން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު، ހަވާލުކުރައްވައިފިއެވެ. ޑރ. އައިޝަތު ރަމީލާގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލްކުރައްވާފައިވާކަން ރައީސް އޮފީހުން އިއުލާން ކުރެއްވީ މިއަދެވެ.
ރަމީލާ މަގާމާ ހަވާލުވެވަޑައިގެން މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ވަނީ ހޯއްދަވައިފައެވެ. ރާއްޖެއަށް ޒަމާނީ ދަނޑުވެރިކަން ތައާރަފްކުރުމަށްޓަކައި ވާޓިކަލް ފާމިންގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގަން ފެށުމާއި މާލޭގައި އުޅޭ ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށްޓަކައި ޕެޓް ކެއާ ފެސިލިޓީއެއް ވެސް ގާއިމުކޮށްފައިވަނީ ރަމީލާގެ ބެއްލެވުމުގެ ދަށުންނެވެ. ރަށްރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތައް ތައާރަފުކޮށްދިނުމާއި، އާ ބާވަތްތަކުގެ ގަސްގަހާގެހި ތައާރަފުކުރުމުގެ މަސައްކަތް ވެސް ރަމީލާގެ ބެއްލެވުމުގެ ދަށުން މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން، ދަނޑުވެރިންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގައި، އެފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލޯން ވެސް ފޯރުކޮށްދީފައިވެއެވެ.
ވަޒީރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ކުރެއްވިއެވެ. މީގެ ކުރިން އޭނާ ވަނީ އެވިޑް ކޮލެޖްގެ ޑީންގެ މަގާމު ވެސް ފުރުއްވައިފައެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
