
މާލެސިޓީއަކީ ޒީނަތްތެރި، ރީތި އަދި ޗާލު ސިޓީއަކަށް ހެދުމަށް ސްޓެލްކޯއިން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ. ސްޓެލްކޯގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް ކުންފުނީގެ މުވައްޒަފުން ހިންގާ ‘ޗާލު ވެށި – މަގޭ ޒިންމާ’ ޙަރަކާތް ފައްޓަވާދެއްވައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ، ދެކެން ބޭނުންވަނީ މާލެއަކީ ޒީނަތްތެރި، ރީތި އަދި ޗާލުއަކަށް މާލެ ވުން ކަމަށެވެ.
ދުނިޔޭގެ އެހެން ކެޕިޓަލް ސިޓިތަކަށް ޗާލު ރީތި ސިޓީތަކޭ މީހުން ބުނާ ފަދައިން ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންގެ ތެރެއިން މާލެއަށް އަންނަ މީހުން ވެސް މާލެއަކީ ޒީނަތްތެރި ތަނެކޭ ބުނުވަން އެކުންފުނިން އަބަދު ވެސް ބޭނުންވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. “އަޅުގަނޑުމެން ދެކެން ބޭނުން މާލެއަކީ ޒީނަތްތެރި، ރީތި، ޗާލު މާލެއަކަށް ވާން. ދުނިޔޭގެ އެހެން ކެޕިޓަލް ސިޓީތަކަށް ޗާލު ރީތި ސިޓީތަކޭ މީހުން ބުނާ ގޮތަށް، މި ސިޓީއަށް ޒިޔާރަތް ކުރާ މީހުން ވެސް މާލެއަކީ ޒީނަތްތެރި ތަނެކޭ ބުނުވަން ސްޓެލްކޯއިން އަބަދުވެސް ބޭނުން.” ފަހުމީ ވިދާޅުވިއެވެ.
އެކަން ހާސިލުކުރުމަށްޓަކައި، ގެދޮރުތަކާއި މަގުތަކާއި ހިދުމަތްދޭ ޓްރާންސްފޯމަރުތައް ޒީނަތްތެރިކޮށް ރީތިކޮށް ހުންނަން ޖެހޭ ކަމަށާއި މިއަދު މި ފެށޭ ޕްރޮގްރާމަކީ އެކަމަށްޓަކައި ފެށޭ ޕްރޮގްރާމެއް ކަމަށް ފަހުމީ ވިދާޅުވިއެވެ. މިއަދު މި ފަށާ ޕްރޮގްރާމަކީ ކުންފުނީގެ މުވައްޒަފުން ކުރާ މަސައްކަތެއް ކަމަށާއި އެ މަސައްކަތް މިއަދު ކުރުމަށްފަހު ހުއްޓާނުލާނެ ކަމަށާއި އަމާޒު ހާސިލު ކުރެވެންދެން އެމަސައްކަތް ކުރާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
