
ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ބޯފެން ގިނައިރު އަވީގައި ބެހެއްޓުމަކީ އޭގެ ސަބަބުން ސިއްހީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާ ކަމެކެވެ. އެމް.އެފް.ޑީ.އޭ އިން ހާމަކޮށްފައިވާ ގޮތުގައި، މިގޮތަށް ފެން އަވީގައި ބެހެއްޓުމުން ފުޅީގައި ހުންނަ ކެމިކަލާއި ހެވީ މެޓަލް ފެނުގެ ތެރެއަށް ލަިއިވެ، ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވެއެވެ. މީގެ އިތުރުން ފެނުގެ ކޮލިޓީ ދަށްވެ، ބަލިޖައްސާ ޖަރާސީމު އުފެދުމަށް ފުރުސަތު ލިބެއެވެ.
ރާއްޖޭގައި ފެން އުފައްދާ ކުންފުނިތަކުން ފެން ޑެލިވަރީ ކުރުމުގައާއި، ފިހާރަތަކުން ފެން ރައްކާކުރުމުގައި މި އިހުމާލު ވަރަށް ބޮޑަށް ފެންނަން އޮވެއެވެ. އެމް.އެފް.ޑީ.އޭ އިން މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން ބަލަނީ ފެން އުފައްދާ ތަނުން ކަސްޓަމަރުންނާ ހަވާލުކުރާ ހިސާބަށެވެ. ފިހާރަތަކާއި ގުދަންތައް ގަވާއިދުން މޮނިޓާ ނުކުރެވޭއިރު، ޝަކުވާއެއް ލިބިގެން ބެލިޔަސް އަޅަނީ ހަމައެކަނި އިރުޝާދު ދިނުމުގެ ފިޔަވަޅެވެ. އެހެންކަމުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި މިކަމުގައި މިހާރަށްވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
