
ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި 10 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށްފަހު މިނިވަންވި “އަދަދު” ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ޖަލުގެ ހާލަތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ލީވާން ބުނި ގޮތުގައި ޖަލަކީ އިންސާނުން އުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އޭނާ ބެހެއްޓި ގޮޅީގައި ނިދަން ޖެހުނީ ބިންމަތީގައި ކުނަލެއް އަޅައިގެން ކަމަށެވެ. އަދި ފާހާނާ އާއި ފެންވަރާ ތަން ވަކިނުވާތީ މުޅި ގޮޅި ތެމޭ ކަމަށާއި، ޖަލުގައި ދޭ ކާއެއްޗެހީގައި އެއްވެސް ރަހައެއް ނުހުންނަ ކަމަށް އޭނާ ފާހަގަކުރިއެވެ. ހާއްސަކޮށް ހެނދުނު ދޭ ރޮއްޓާއި ކުކުޅު ރިހައިގައި ކުކުޅު ރަހަ ނުލާ ކަމުގެ ޝަކުވާ އޭނާ ވަނީ ކޮށްފައެވެ. ނަމަވެސް، ލީވާންގެ މި ވާހަކަތަކާ ގުޅިގެން މީސްމީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ ޖަލަކީ އަރާމުކުރަން އޮންނަ ރިސޯޓެއް ނޫން ކަމަށާއި، އެހެން ގައިދީން ބިންމަތީގައި ނިދަމުން ދަނިކޮށް ލީވާނަށް އެނދެއް ހަމަޖައްސައިދިނުމަކީ ވެސް އޭނާއަށް ދިން ހާއްސަ އިނާޔަތެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
