
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ ބައެއް ބާވަތްތަކުން ނަގަމުން އައި ޓެރިފް ދެ އަހަރު ދުވަހުގެ މުއްދަތަށް އުވާލުމަށް އެ ޤައުމުން ނިންމުމަކީ ދިވެހި މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ރާއްޖެ ތަރައްޤީވަމުން އަންނަ ޤައުމަކަށް ބަދަލުވުމާ ގުޅިގެން ކުރިން ކުރިމަތިވި 20 އިންސައްތައިގެ ޓެރިފް މި ބަދަލާއެކު އުނިވެގެންދާނެއެވެ. މިއީ ވަކި ޤައުމަކަށް ޚާއްޞަ އިސްތިސްނާއެއްގެ ގޮތުގައި ނޫން ނަމަވެސް، އިނގިރޭސި ބާޒާރުގެ ވާދަވެރިކަމަށް ބަލާއިރު މީގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރާ ރާއްޖެއަށެވެ.
މި ލުއި ހޯދުމަށްޓަކައި ދިވެހި ސަރުކާރުތަކުން ގިނަ ދުވަސްތަކެއް ވަންދެން މެދުނުކެނޑި ވަނީ މަޝްވަރާކޮށްފައެވެ. ޚާއްޞަކޮށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އިނގިރޭސިވިލާތުގައި ތިއްބެވި ދިވެހި ސަފީރުން ކުރެއްވި މަސައްކަތް ފާހަގަކޮށްލެވެއެވެ. އިނގިރޭސިވިލާތަކީ ރާއްޖެއިން ދެވަނައަށް އެންމެ ގިނައިން މަސް އެކްޕޯޓްކުރާ ޤައުމަށް ވާއިރު، މި ނިންމުމުގެ ސަބަބުން ދިވެހި މަހުގެ އުފެއްދުންތަކަށް ބާޒާރުގައި ރަނގަޅު އަގެއް ލިބި، މަސްވެރިންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
