
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ މަސްވެރިކަމުގައި ގެންގުޅޭ ދެމެހެއްޓެނިވި އުސޫލުތަކަކީ މިއަދު ދުނިޔޭގެ “ގޯލްޑް ސްޓޭންޑާޑް” ކަމަށާއި، މަސްވެރިންނަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ރީތި ނަން ހޯދައިދޭ ބައެއްކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ބޮޑު ޑިމާންޑެއް އޮތީ ތިމާވެއްޓާ ރައްޓެހި އުސޫލުތަކާއި އެމް.އެސް.ސީ ސެޓިފިކޭޝަން ފަދަ ހަރުދަނާ މިންގަނޑުތަކުގެ ސަބަބުންނެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މަސްވެރިކަން ފުޅާކުރުމަށާއި، އެކްސްޕޯޓް މާކެޓުގެ ގޮންޖެހުންތައް ހައްލުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިފަދަ ހެޔޮ ބަދަލުތަކާއެކު، މަސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ޒުވާނުންނާއި އަލުން މި ސިނާއަތާ ގުޅޭ މީހުންގެ އަދަދު އިތުރުވަމުންދާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ރަޝިޔާއިން ޒިޔާރަތްކުރި ފަތުރުވެރިން %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 21 އިންސައްތަ އިތުރުވެ، 130,414...
ތުރުކީއާއެކު ސޮއިކުރި ޕީޓީއޭގެ، ވިޔަފާރީގެ ފުރުސަތުތަކުގެ މަޝްވަރާއެއް
(ފޮޓޯ ކްރެޑީޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) ތުރުކީވިލާތުގައި ކުރިއަށްދާ "ޒީރޯ ވޭސްޓް ފޯރަމް" ގެ ހަވާސާގައި، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް،...
“ކުނީގެ މައްސަލާގައި ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) ތުރުކީގައި ކުރިއަށްދާ "ޒީރޯ ވޭސްޓް ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކުރުމަށް...
ސަރުކާރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އިތުބާރު ދަމަހައްޓާނެ: ރައީސް
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި އަދި އިތުބާރު ހުރި...
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދެއްވި މެސެޖުގައި، ރައްކާތެރި ކާބޯތަކެތި ބޭނުންކުރުމަކީ...
މިފްކޯއިން މަސްގަންނަ އަގު ބޮޑުކޮށްފި
(ފޮޓޯ ކްރެޑިޓްސް: މަސްވެރިޔާ) މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، މިފްކޯއިން މަސް ގަންނަ އަގު މިއަދުން ފެށިގެން 18.50...
