
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް)
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެންގޮސް އަޑިއަށްދިޔަ ހާދިސާގައި، އެ އުޅަނދުގައި ތިބި 60 އެއްހާ އަންހެން ކުދިން ވަނީ ކަނޑަށް ބާލާފައެވެ. ރޭގަނޑުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި، ކުއްލިއަކަށް ލޯންޗުން ފުންމާލަން ޖެހުމުން ބައެއް ކުދިން ޖެހިލުންވި ނަމަވެސް، ވަޠަނީ ޚިދުމަތުގެ ތަމްރީނުން ލިބިފައިވާ ހިތްވަރާއި ތަޖުރިބާގެ ބޭނުންކޮށްގެން އެންމެން ވަނީ ކަނޑަށް ފުންމާލައި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެމްއެންޑީއެފް އާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން، ކަނޑަށް ފުންމާލި އެންމެން ސަލާމަތްކޮށް ރޭ 7:30 ހާއިރު ވަނީ މާލެ ގެނެސްފައެވެ. މި ހާދިސާއިން ސަލާމަތްވުމުގައި، ދަރިވަރުންނަށް ދީފައިވާ ފަސްޓް އެއިޑާއި، ސެލްފް ޑިފެންސް އަދި އެހެނިހެން އަސްކަރީ ތަމްރީނުތަކުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަން ދަރިވަރުން ފާހަގަކުރެއެވެ. މި ކުދިންނަކީ މި މަހުގެ 17 ވަނަ ދުވަހު ތަމްރީނުތައް ނިންމި ދަރިވަރުންނެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
