
(ފޮޓޯ ކްރެޑިޓްސް: އެސްޓީއޯ)
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި “މައި އެސްޓީއޯ ލޯޔަލްޓީ” ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމަކީ ހިއްސާދާރުންގެ ހުށަހެޅުމަކަށް ފަރުމާކޮށްފައިވާ، ތިން ދަރަޖައަކަށް (ސިލްވަރ، ގޯލްޑް، ޕްލެޓިނަމް) ބަހާލެވިފައިވާ ނިޒާމެކެވެ. ފުރަތަމަ މަރުހަލާގައި ހިއްސާދާރުންނަށް އެންމެ މަތީ ދަރަޖަ ކަމަށްވާ ޕްލެޓިނަމްގައި ބައިވެރިވެވޭއިރު، ޝެއަރ ހޯލްޑަރ ޕޯޓަލް މެދުވެރިކޮށް މިހާރު ކާޑު ކްލެއިމް ކުރެވޭނެއެވެ. އެސްޓީއޯގެ ކަނޑައެޅޭ އައުޓްލެޓްތަކުން ކުރާ ވިޔަފާރިއަށް ޕޮއިންޓް ލިބޭ މި ޕްރޮގްރާމުގައި 200 ޕޮއިންޓް ހަމަވުމުން އެ ޕޮއިންޓްތައް ފައިސާގެ ގޮތުގައި ބޭނުންކުރެވޭނެއެވެ. ލިބޭ ޕޮއިންޓްތައް ދެ އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭއިރު، ވިޔަފާރިކުރާ މިންވަރުން ކާޑުގެ ދަރަޖަ މަތިވެ، ޕޮއިންޓް ލިބޭ ނިސްބަތް އިތުރުވާނެއެވެ. މިވަގުތު ހިއްސާދާރުންނަށް އެކަނި މި ފުރުސަތު އޮތް ނަމަވެސް، ކުރިއަށް އޮތް ތަނުގައި އާންމު ކަސްޓަމަރުންނަށްވެސް މި ޕްރޮގްރާމް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
