
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގެއްލުނު ފަތުރުވެރިން ހޯދުމުގެ ނުރައްކާތެރި ރެސްކިއު އޮޕަރޭޝަނެއްގައި އުޅެނިކޮށް ޑީކޯވެގެން ނިޔާވި ސިފައިންގެ ޑައިވަރު، މަރްޙޫމް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ، ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ. އިސްލާމީ މަރުކަޒުގައި ބޭއްވި މަރްޙޫމްގެ ކަށުނަމާދާއި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދައުލަތުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ. މަރްޙޫމަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ހަތް ބަޑީގެ ސަލާމެއް އެރުވުމަށްފަހު، އެމަނިކުފާނުގެ ސަންދޯކުގައި އޮތް ގައުމީ ދިދަ ރައީސުލްޖުމްހޫރިއްޔާ ވަނީ އާއިލާއާ ހަވާލުކުރައްވާފައެވެ. މަޙުދީ ނިޔާވީ ވ. އަތޮޅުގައި ގެއްލުނު އިޓަލީ ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދިޔަ ހާއްސަ ހައި-ރިސްކު އޮޕަރޭޝަނުގެ ތެރެއިންނެވެ.
About Post Author
މާދަމާ ނިއުސް
ދެވަނަ ފުލައިޓުގައި 260 ޙައްޖުވެރިން ސަޢުދީއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) 1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރި ދެވަނަ ފްލައިޓުގައި 260 ޙައްޖުވެރިން މިއަދު ހެނދުނު...
މުދަލު ޒަކާތުގެ ގޮތުގައި 50 މިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 50.7 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކާއިރު،...
“ރިޟުވާންގެ މަރުގެ މައްސަލާގައި ތުހުމަތުވާ މީހުން ދޫކޮށްލީ ކުރީ ސަރުކާރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ނޫސްވެރިޔާ އަޙްމަދު ރިޟުވާންގެ މަރުގެ މައްސަލާގައި ތުހުމަތުވާ މީހުން ދޫކޮށްލީ މި ސަރުކާރުން ކަމަށް ބުނެ ކުރީގެ ރައީސް...
އެސްޓީއޯގެ ހިއްސާއަކަށް 85ރ. ބަހަން ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެސްޓީއޯ) އެސްޓީއޯގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި، މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ. މިއީ ފަހުގެ...
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އައިއޯޓީސީ ބައްދަލުވުން ނިމިއްޖެ
(ފޮޓޯ ކްރެޑީޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ބާސެލޯ...
ކުއްލި ޙަބަރު: ފަތުވެރިން ހޯދަން ޑައިވިންއަށް ފޭބި އެމްއެންޑީއެފްގެ އޮފިސަރު ނިޔާވެއްޖެ!
ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީގައި ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފުން ހިންގި ނުރައްކާތެރި ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ ޑައިވަރަކު (ސްޓާފް...
