
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ)
ސަރުކާރުގެ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް، ލިޔެކިޔުންތައް ސިސްޓަމްގެ ތެރެއިން ކަށަވަރުކުރެވޭނެ “ޑޭޓާ އެކްސްޗޭންޖު ލޭޔަރ” މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. އައްޑޫ ބިޒްނަސް ޑައިލޮގްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ވިޔަފާރިތަކަށް ލުއިފަސޭހަވާނެ ބަދަލެއް ކަމަށާއި، މި ނިޒާމާއެކު އެއް އިދާރާއަކުން ދޫކުރާ ސެޓިފިކެޓެއް ނުވަތަ ލައިސެންސެއް އަނެއް އިދާރާއަށް ހުށަހަޅަން ނުޖެހި، ސިސްޓަމްގެ ތެރެއިން އަމިއްލައަށް ވެރިފައި ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް، ކަރުދާހާ ނުލާ ޚިދުމަތް ދެވޭނެ ނިޒާމެއް ގާއިމްކުރުމެވެ. އަދި ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށް ސައިބަރ ސެކިއުރިޓީގެ ވަރުގަދަ މިންގަނޑުތަކެއް އެކުލަވާލައި، ޚާއްޞަ އޭޖެންސީއެއް މެދުވެރިކޮށް ރައްކާތެރި މާހައުލެއް ބިނާކުރާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
އަޅުގަނޑާއި ޔާމީނާއި ސޯލިހަށްވެސް ވެރިކަމުގައި ގޯސް ހެދުނު، ވެރިކަން ކުރެވުނީ އެންމެ ރަނގަޅަކަށް ނޫން: ނަޝީދު
ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދާއި، ޔާމީން އަދި ސޯލިހުގެ ވެރިކަންތަކަކީ އެންމެ ފުރިހަމަ ވެރިކަންތަކެއް ނޫން ކަމަށާއި، އެ ދައުރުތަކުގައި ގޯސްކޮށް ހިނގާފައިވާ...
ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ސައުދީ އަރަބިއްޔާއަށް ފުރައިފި
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް 235 މީހުންނާއެކު އިއްޔެ ވަނީ ސައުދީ އަރަބިއްޔާއަށް ފުރާފައެވެ. ކުރިއަށް...
ޑައިވަރުން ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއްދީގެންދަނީ ކުރަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް) ވ. އަތޮޅުގައި ފީނަން އުޅެނިކޮށް ގެއްލުނު އިޓަލީގެ ރައްޔިތުން ހޯދުމުގެ މަސައްކަތް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ...
އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ރައީސް ބައްލަވާލައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފެލިދެއަތޮޅުގައި ފީނަން އުޅުނު އިޓަލީގެ ފަސް ޑައިވަރުންނަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު...
ޑައިވަރުން ގެއްލުން: އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ހިފަހައްޓައިފި
ވ. އަތޮޅުގައި ހިނގި ނުރައްކާތެރި ޑައިވިން ހާދިސާއަކާ ގުޅިގެން "އެމް.ވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިންގ ލައިސަންސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ...
ވޯކް ޕާމިޓާއެކު މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު 208،937އަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގައި ޞައްޙަ ވޯކް ޕާމިޓާއެކު 208,937 ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން...
