
“އަދަދު” ނޫހުގެ ދެ ނޫސްވެރިން ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ޖަލަށްލުމާ ގުޅިގެން، އެ މީހުން މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން ބޭއްވި މުޒާހަރާގައި އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް ބައިވެރިވެވަޑައިގެންފިއެވެ. ފިޔާޒް މުޒާހަރާގައި ބައިވެރިވެވަޑައިގަތުމުން އޭނާ ސިޔާސީ މަސައްކަތާ ރަސްމީކޮށް ގުޅިވަޑައިގެންނެވީތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، އޭނާ ވަނީ މުޒާހަރާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިންޒާރު ދެއްވައިފައެވެ.
ފިޔާޒް ވިދާޅުވީ “އަދަދު” ނޫހުން އާންމުކުރި ޑޮކިއުމަންޓްރީއަކީ ތެދު މައުލޫމާތު ހިމެނޭ އެއްޗެއް ކަމަށާއި، ސަރުކާރުގެ ވެރިންގެ ކޮރަޕްޝަނާއި ވައްކަމުގެ ހެކި ފުލުހުން ގެންދިޔަ ތަކެތީގައި ހުންނާނެ ކަމަށެވެ. އަދި ކޮރަޕްޝަންގެ ވާހަކަ ދެއްކުން ހުއްޓާނުލާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ރައީސަށް ގޮންޖައްސަވައިފައެވެ. ރައީސަށް ގަޒްފުކުރި ކަމުގެ ތުހުމަތުގައި ފިޔާޒާއި އެ ނޫހުގެ އެޑިޓަރުގެ މައްޗަށް ދައުވާކޮށް، ކޯޓުން ވަނީ އެ ޑޮކިއުމަންޓްރީއާ ގުޅޭ ވާހަކަ ނުދެއްކުމަށް އަމުރުކޮށް ޝަރީއަތް ސިއްރުކޮށްފައެވެ. އެ ޑޮކިއުމަންޓްރީގައި ހުރި ތުހުމަތުތައް ރައީސް ޑރ. މުއިއްޒު ވަނީ މީގެ ކުރިން ދޮގުކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
