
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ)
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރުއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ނިއުދިއްލީގައެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ވަޒީރުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ ދައުރު ފާހަގަކޮށް، އިޤްތިސާދީ ރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ އިންޑިއާގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އެކަމަނާ ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
About Post Author
މާދަމާ ނިއުސް
ސީޝެލްސްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ) ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. މިއީ...
އާންމު ދަތުރުފަތުރަށް ހުރަސް އަޅައި މުޒާހަރާކުރި ބަޔަކު ހައްޔަރުކޮށްފި
ޖަލަށްލާފައިވާ ދެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން ރޭ މާލޭގައި ކުރި މުޒާހަރާގައި، އާންމު ދަތުރުފަތުރަށް ހުރަސްއެޅި މައްސަލައިގައި ބަޔަކު...
ވަޒީފާއިން ވަކިކުރުމުން ބަދަލުހިފަން ރައީސްގެ އަބުރު ކަތިލާނެ ކަމަށް ބުނާ އީޝާގެ އޯޑިއޯއެއް ލީކުވެއްޖެ
ސަރުކާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުން ވަކިކުރި އީޝާ އަޝްރަފް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިން ބަދަލުހިފާނެ ކަމަށް ބުނާ އޯޑިއޯއެއް ސޯޝަލް...
ނޫސްވެރިންނަށް އެންމެ އަނިޔާކުރި ޔާމީން ނޫސްވެރިންގެ ދިފާއުގައި އެމްޑީޕީއަށް، ޖޯކު ދޯ!
ނޫސްވެރިންގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން...
ރައީސްގެ ދެކަނބަލުންގެ އަބުރަށް އަރައިގަތް ޕީއެންއެފްގެ އާސިފް ފުލުހަށް ހާޒިރުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަބުރަށް އަރައިގަނެ، މުޑުދާރު ތުހުމަތުތަކެއް ކުރި މައްސަލާގައި ޕީއެންއެފްގެ ސެނެޓް މެންބަރު އާދަމް އާސިފް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ. އޭނާ ހާޒިރުކުރަނީ...
ފިޔާޒް އެންމެ ފަހުން ސިޔާސީ މަސައްކަތަށް ނުކުންނެވީ؟
"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ޖަލަށްލުމާ ގުޅިގެން، އެ މީހުން މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން...
