
އައްޑޫގެ އިޤްތިޞާދީ ގޮންޖެހުންތައް ދެނެގަނެ، އެ ސިޓީއަށް ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި “އައްޑޫ ބިޒްނަސް ޑައިލޮގް” މަހާސިންތާ ހިތަދޫ ސްކޫލުގައި ފަށައިފިއެވެ. އިޤްތިޞާދީ ވުޒާރާއާއި ބީސީސީ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ 2027 އިން 2029 އަށް އައްޑޫއަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ޚާއްސަ އިނާޔަތްތައް ތަންފީޒުކުރުމަށް ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި މަޝްވަރާ ހޯދުމެވެ.
މި މަހާސިންތާގައި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކާއި، ބޭންކުތަކާއި، މީރާ އަދި އެމްޕީއެލް ފަދަ މުހިންމު އިދާރާތަކުން ބައިވެރިވެއެވެ. މި ބައްދަލުވުންތަކުގައި އައްޑޫގެ އިޤްތިޞާދީ މާހައުލު ވަޒަންކުރުމާއި، ޓެކުހުގެ ލުއިތަކާއި، މާލީ އެހީތެރިކަން ދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް މައުލޫމާތު ހިއްސާކުރާނެއެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލައި، އައްޑޫއަކީ އިންވެސްޓަރުންނަށް ފަހި ތަނަކަށް ހެދުމަށް މަސައްކަތް ކުރެވޭނެއެވެ.
މި މަހާސިންތާއިން ނިންމާ ކަންތައްތައް ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން ދޭނެ އިނާޔަތްތައް ކަނޑައަޅާނެއެވެ. ސަރުކާރުގެ އަމާޒަކީ އައްޑޫގައި މި ފަށާ އިޤްތިޞާދީ މޮޑެލް ކާމިޔާބުކަމާއެކު ހިންގުމަށްފަހު، ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ މޮޑެލްތައް ތަޢާރަފްކުރުމެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
